އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްކޫލް ދަރިވަރުންނާއި ސިފައިންނާއި މުއައްސަސާތައް ބައިވެރިވާ ޕެރޭޑް މިއަދު ހަވީރު

ސްކޫލް ދަރިވަރުންނާއި ސިފައިންނާއި މުއައްސަސާތައް ބައިވެރިވާ ޕެރޭޑް މިއަދު ހަވީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

މިނިވަން 50 ފާހަގަކުރުމަށް ސިފައިންނާއި ސްކޫލް ދަރިވަރުންނާއި އެހެނިހެން މުއައްސަސާތައް ބައިވެރިވާ ޕެރޭޑް މިއަދު ހަވީރު 4;15 ގައި ބޭއްވުމަށް ނިންމައިފިއެވެ.



މާލޭގައި ބާއްވާ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނުކުމެގެން އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް ޗާންދަނީ މަގުން ދެކުނަށް، މެދުޒިޔާރަތް މަގުން އިރަށް ގޮސް ސޯސަން މަގުން ދެކުނަށް، މަޖީމަގުން ހުޅަނގަށް، އަދި ނަލަހިޔާ ކައިރިން އޯކިޑުމަގުން ގޮސް ބަންޑާރަކޮށްޓަށް ނިންމާ ގޮތަށެވެ.



އެމްއެންޑީއެފުން ބުނީ ޕެރޭޑްގައި ސްކޫލް ދަރިވަރުންނާއި އެހެނިހެން މުއައްސަސާތަކުން ޝަރަފްގެ ހިނގާލުން ކުރިއަށްދާ މަގުތަކުގެ، ކަނޑައެޅޭ ވަކި ހާއްސަ ސަރަހައްދުތަކުން ބައިވެރިވާނެ ކަމަށެވެ.



ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ލަޝްކަރު، މުލިއާގޭ ކުރިމައްޗާއި ސޯސަންގެ އަދި ބިއްލޫރިޖެހިގޭގެ އިތުރުން އޯޑިއޯން ކައިރީގަ އާއި ސްޕްރީމް ކޯޓް ކައިރީގައި މަޑުކޮށް ސިފައިންގެ ބޭންޑުން ރާގުތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު