އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތް އުނގުޅުމަށް އެންމެ ރަނަގަޅީ މިސްވާކް

ދަތް އުނގުޅުމަށް އެންމެ ރަނަގަޅީ މިސްވާކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

މިހައިތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ދަތް އުނގުޅުމަށް އެންމެ ރަނގަޅީ އެއެއްޗަކުން ދަތް އުނގުޅުމަށް ކައުއިތުރު ރަސޫލާ ހަދީޡްފުޅު ކުރައްވަވާފައިވާ މިސްވާކް އެވެ.

މަދީނާގައި މިސްވާކް ވިއްކުމަށް ޚާއްޞަ ބާޒާރެއް އޮވެއެވެ. އެއީ އުމުރާއަށްދާ ގިނަ ބައަކު އެމީހުންގެ ބޭނުންތަކަށާއި ހަދިޔާގެ ގޮތުގައި ދިނުމަށް މިސްވާކު ދަނޑި ގަންނާތީއެވެ.

މަދީނާގައި މިސްވާކް ވިއްކާ މީހަކު ބުނީ މަދީނާއިން ފުދޭވަރަށް މިސްވާކް ނުލިބޭތީ ރަމަޟާން މަހަށާއި ޙައްޖު މޫސުމަށް އޭނާ ޖިއްެދާއާއި މައްކާ އިން މިސްވާކް މަދީނާއަށް ގެންނަ ކަމަށެވެ.

އޭނާ ބުނީ ރަމަޟާންމަހާއި ޢީދުގައި މަދީނާއަށް ޒިޔާރަތްކުރާ މީހުންނަށް ޢާންމުގޮތެއްގައި 20،000 ސައުދި ރިޔާލައިގެ މިސްވާކް ވިއްކޭ ކަމަށެވެ.
ސައިންޓިފިކް ރިސަރޗްތަކުން އެނގޭގޮތުގައި މިސްވާކް އަކީ ހިރު ގިރުމާއި ހިރުގަނޑުން ލޭ އައުމާއި އެނޫންވެސް ހިރުގަނޑަށް ޖެހޭ ބަލިތަކަށް އެންމެ ރަނގަޅު ޝިފާއެވެ. މިސްވާކުން ދަތް އުނގުޅާނަމަ ދަތް އުނގުޅާ ބޭސް ބޭނުންކުރާކަށް ނުޖެހެއެވެ.

ނަމާދުކުރުމުގެ ކުރިން މިސްވާކުން ދަތްތައް ސާފުކުރުމަކީ ސުންނަތެކެވެ. އަބޫހުރައިރަތުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘް ފުޅެއްގެ މާނައިގައި ވަނީ "މީސްތަކުންނަށް އެއީ ތަކުލީފަކަށް ނުވާނެނަމަ ކޮންމެ ނަމާދެއްގެކުރިން ސިވާކުން ދަން އުނގުޅަން ވިދާޅުވީމުހެވެ."

މިސްވާކަކީ އިރާކުދަނޑިއެވެ. އެއަށް އަރަބިން ޢާންމުކޮށް ކިޔަނީ ސިވާކް އެވެ. ދިވެހިން ޢާންމުކޮށް ކިޔަނީ މިސްވާކް އެވެ. ސިވާކު އަކީވެސް މިސްވާކް އަކީވެސް އިރާކު ދަނޑިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް