އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްޖިދުލްއަޤްޞާ މުސްލިމުންނަށް މިނިވަންކޮށްދިނުމަށް އޯއައިސީ އިން އދގައި އަނެއްކާވެސް އެދިއްޖެ

މަސްޖިދުލްއަޤްޞާ މުސްލިމުންނަށް މިނިވަންކޮށްދިނުމަށް އޯއައިސީ އިން އދގައި އަނެއްކާވެސް އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މުސްލިމުންގެ 3 ވަނައަށް އެންމެ މުޤައްދިސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާ މުސްލިމުންނަށް މިނިވަންކޮށްދިނުމަށް އޮގަނައިޒޭޝަން އޮފް އިސްލާލިކް ކަންޓްރީސް (އޯއައިސީ) އިން އދގައި އަނެއްކާވެސް އެދިއްޖެއެވެ.

އޯއައިސީ އިން މިކަމަށް އެދުނީ އާދީއްތަ ދުވަހު ޔަހޫދީން ދުވަހެއް ފާހަގަކުރުމުގެ ނަމުގައި މަސްޖިދުލްއަޤްޞާއަށް ވަންނަން އުޅުމުން އެކަމަށް މުސްލިމުން ދެކޮޅު ހެދުމުން ޔަހޫދީ ފުލުހުން މުސްލިމުންނަށް ހުރަސްއަޅައި މުސްލިމުން މަސްޖިދުލްއަޤްޞާއަށް ވަނުމަށް ހުރަސްއަޅާފައިވާތީއެވެ.

އޯއައިސީގެ ސެކެޓްރީ ޖެނެރަލް އދ އަށް ފޮނުއްވި ސިޓީފުޅުގައި ލިޔުއްވާފައިވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާއަތްތަކުން ޔަހޫދީ ސިފައިންގެ ހިމާޔަތް ހޯދައިގެން މަސްޖިދުލްއަޤްޞާއަށް ވަދެގަތުމަކީ މުސްލިމުންނަށް ކޮށްފައިވާ ވަަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި މިފަދަ އަމަލުތަަކަކީ އދގެ ޗާރޓަރުތަކާއިވެސް މުޅިން ޚިލާފު އަމަލުތައް ކަމަށްވާއިރު އެފަދަ އަމަލުތައް ހުއްޓުވެން އދ އަށް ޖެހޭނެ ކަަމަށެވެ.

މަދާނީ ވިދާޅުވެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން އިސްލާމުންނަށް އެމީހުންގެ ހައްޤުތައް ގެއްލުމުގެ އިތުރުން މިފަދަ އަމަލުތަކުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތައް އުފެދި އެކަންކަން ހަނގުރާމަތަކަށް ބަދަލުވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައިވެސް ބަދުނާމު ކުރަމުން ގެންދަނީ މުސްލިމުން ކަމަށެވެ.

މަދާނީ ވިދާޅުވެފައިވަނީ ޔަހޫދީން ހިންގާ މިފަދަ އަމަލުތަކަކީ ދުރާލައި ރާވައިގެން މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑައިލުމަށްފަހު އެތަނަށް ވެރިވެގަންނަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ ކަންކަން ކަމަށެވެ.

މަދާނީ ވިދާޅުވެފައިވަނީ މަސްޖިދުލްއަޤްޞާއަކީ މުސްލިމުންނަށް އެންމެ މުޤައްދިސް 3 ވަނަ ބިނާ ކަމަށްވުމުން އެތަން އަބަދުވެސް ހުންނަން ޖެހޭނީ މުސްލިމުންގެ ފުރިހަމަ ބެލުމުގެދަށުގައި ކަމަށާއި އެތަން ބެލެހެއްޓުމަށާއި އެތަނުގައި ނަމާދުކުރުމާއި އެހެންވެސް ދީނީ އަޅުކަންތައްތައް ކުރުމަށް އަބަދުވެސް މަސްޖިދުލްއަޤްޞާ ހުންނަން ޖެހޭނީ މުސްލިމުންނަށް ހުޅުވައިލެވިފައި ކަމަށެވެ.

މަދާނީ ވިދާޅުވެފައިވަނީ މުސްލިމުންގެ އެއްވެސް މިސްކިތަކީ ޔަހޫދީން ވަނުމަށް އިސްލާމް ދީން ހުއްދަ ނުކުރާ ތަންތަން ކަަމަށްވުމުން މިސްކިތްތަކުގެ ޙުރުމަތް އަސްކަރީ ބާރު ބޭނުންކޮށްގެން ކެނޑުމަކީ މުސްލިމުންނަށް އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.

ޔަހޫދީ ފުލުހުން ބުނެފައިވަނީ އެމީހުން މަސްޖިދުލްއަޤްޞާގެ ތެރެއަށް ވަނީ ކުޑަތަންކޮޅަކަށް ކަމަށާއި ވަނީ ފުލުހުންގެ ގައަށް މުސްލިމް ޒުވާނުން ގައު އުކާނެތީ ދޮރާށިތައް ބަންދުކުރަން ކަމަށެވެ. ނަމަވެސް މިއީ މިފަދަ ކޮންމެ ކަމެއް ކުރުމަށްފަހު ޔަހޫދީ ފުލުހުން ޢާންމުކޮށް ދައްކާ ބަހަނާއެއްކަން ފާހަގަކުރެވެއެވެ.

ފަލަސްޠީނުގެ ސަރުކާރުން ބުނެފައިވަނީ ޔަހޫދީން މަސައްކަތްކުރަމުން ގެންދަނީ ސަރަހައްދުގައި ދީނީ ހަނގުރާމައެއް ފެށުމަށް ކަމަށެވެ.
މަސްޖިދުލްއަޤްޞާގެ ކަންކަން ބަލަހައްޓަން ހަވާލުކުރެވިފައިވާ އުރުދުން އިން ބުނެފައިވަނީ ޔަހޫދީން މިފަދަ އަމަލުތައް ކުރަނީ މުސްލިމުން ރުޅިގަދަ ކުރުވައިގެން މުސްލިމުން ލައްވައި ކަންކަން ކުރުވުމަށްފަހު އެކަމުގެ ބަދުނާމު މުސްލިމުންގެ ކިބައިގައި އަޅުވައި މުސްލިމުންނަށް އިތުރު ގޯނާތައް ކުރުމަށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް