އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ޕެނަލްޓީ ޖަހައިގެން 4-3 އިން މެޔޯޓް އަތުން ބަލިވެއްޖެ

ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ޕެނަލްޓީ ޖަހައިގެން 4-3 އިން މެޔޯޓް އަތުން ބަލިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ޕެނަލްޓީ ޖަހައިގެން 4-3 އިން މެޔޯޓް އަތުން ބަލިވެއްޖެ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ރާއްޖޭގެ ފަސް ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ދަނޑީގައި ޖެހުނުއިރު އަނެއް ޕެނަލްޓީ މެޔޯޓް ކީޕަރު މަތަކުރި އެވެ. މެޔޯޓްގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓި ކާމިޔާބުކުރި އެވެ.
ރިޔޫނިއަންގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ މެޔޯޓް އިންނެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ނަދީމާ އެވެ. އެއީ 20 ވަނަ މިނެޓުގަ އެވެ. އޭގެ ކުރިން މަޔޯޓްގެ ޒަލާތު އާއި ސިތުނާ އަށް ލަނޑު ޖަހަން ހުސް ދެ ފުރުސަތު ލިބުނެވެ.

މެޔޯޓް އިން ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް ރާއްޖޭން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު ރާއްޖެ އަށް ޖަހައިދިނީ އައިމިނަތު އަރީޝާ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މެޔޯޓްގެ ގޯލްކީޕަރުގެ ބޯ މަތިންނެވެ.

ފުރަތަމަ ހާފު ނިމެނިކޮށް މެޔޯޓް އަށް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު ގޯލްކުރިމަތިން ހުހަށް ލިބުނު ބޯޅަ މެޔޯޓްގެ ކުޅުންތެރިޔާ ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި މަތިންނެވެ.

ދެވަނަ ހާފުގައި މެޔޯޓް އިން ގިނަ ވަގުތު ބޯޅަ ގެންއުޅެ ހަމަލާތައް އުފެއްދި ނަމަވެސް ރާއްޖޭން ވަނީ އެ ހަމަލާތައް ހުއްޓުވައިފަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު