އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚަދީޖަތުގެފާނު-- އަންހެނުންގެ ނަމޫނާ މިސާލެއް

ޚަދީޖަތުގެފާނު-- އަންހެނުންގެ ނަމޫނާ މިސާލެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ތަފާތު ހަޟާރާތްތަކުގައި އަންހެނުން ވަނީ މުހިންމު މަޤާމުތަކެއް ފުރައިފައެވެ. މަތިވެރި މަސައްކަތްތަކެއް ކޮށްފައެވެ. ދީނީ ގޮތުންނާއި ޤައުމީ ގޮތުންވެސް މެއެވެ.

މިގޮތުން ބަލާއިރު އިސްލާމީ އުންމަތް ކުރިއަރުވައި އިސްލާމް ދީނަށް މިނިވަންކަން ހޯއްދަވައި ދެއްވަން ޚަދީޖަތުގެފާނު ކޮށްދެއްވެވި ގިނަގުނަ މަސައްކަތްޕުޅުތަކުގެމަތިން ހަނދުމަކުރުމަކީ އޮތްކަމެކެވެ. ވެވަޑައިގެންނެވި ޤްރްބާނީގެ މަތިންވެސް މެއެވެ.

ޚަދީޖަތުގެފާނަށް ލިބިވވަޑައިގެންެނެވި އެންމެ މަތިވެރި އެއް ޝަރަފަކީ ކައުއިތުރު ރަސޫލާ ދީނަށް ދައުވަތު ދެއްވެވުމުން އެންމެ ފުރަތަމަ އިސްލާމް ދީން ޤަބޫލުފުޅު ކުރެއްވެވި އިންސާނާގެ ޝަރަފެވެ.

އިސްލާމް ދީންމަތިވެރި ކުރެއްވެވުމަށް ކައު އިތުރު ރަސޫލާ ކުރެއްވެވި މަސައްކަތްޕުޅުގެ އެންމެ އުނދަނގޫފުޅު ދުވަސްތައް ކަމަށްވެގެންދިއަ ފުރަތަމަ ދުވަސްތަކުގައި ޚަދީޖަތުގެފާނު ވަނީ ކައުއިތރުު ރަސޫލާއަށް ހުރިހައި ގޮތަކުން އެހީތެރިވެވަޑައިގެން ދެއްވަވާފައެވެ.

ހަމައެކަނި އަނބިކަނބަލެއްގެ ހައިޞިއްޔަތުން ޚިދުމަތް ކުރެއްވެވުމެއް ނޫނެވެ. ﷲއަށްޓަކައި އެކަމަނާގެ މުއްސަނދިކަންވެސް ވަނީ ޤްރްބާން ކުރައްވަވާފައެވެ.

ބުނެވޭގޮތުން ކައުއިތުރު ރަސޫލާ ޚަދީޖަތުގެފާނާއި ކައިވެނިފުޅު ބައްލަވައިގަތީ އުމުރުފުޅުން 25 އަހަރުފުޅުގައެވެ. އެއިރު ޚަދީޖަތުގެފާނުގެ އުމުރުފުޅަކީ 40 އަހަރުފުޅެވެ.

ޚަދީޖަތުގެފާނާއި ކައުއިތުރު ރަސޫލާގެ އުމުރުފުޅުގައި ބޮޑުތަފާތެއް ހުރެމެ ޚަދީޖަތުގެފާނު ދުނިޔޭގައި އިންނެވިހައި ދުވަހު ކައުއިތުރު ރަސޫލާ އިތުރު އެއްވެސް ބޭކަނބަލަކާ ކައިވެނި ބައްލަވައި ނުގަތުން އެއީ އިތުރު އެކަލޭގެފާނުގެ ހިތްޕުޅުގައި އެކަމަނާއަށް އޮތް މަތިވެރި ލޯތްބާއި ޤަދަރު ހާމަވެގެންދާ ކަމެކެވެ.

މިފަދަ އެތައް ސަބަބުތަކާއިހުރެ ޚަދީޖަތުގެފާނު ދުނިޔެ ދޫކުރެއްވެވި އަހަރަށް "ހިތާމައިގެ އަހަރު"ގެ ގޮތުގައި ވަނީ ނަންދެވިފައެވެ.
ޚަދީޖަތުފާނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާފުޅަކަށްވާނީ އެކަމަނާގެ ޤްރްބާނީގެ އަގެއްގެ ގޮތުން ސުވަރުގޭގައި އެކަމަނާއަށް ގަނޑުވަރުކޮޅުތަކެއް ﷲ މިންވަރު ކުރެއްވެވިކަމުގެ އުފާވެރި ޚަބަރުކަމަށްވެދާނެއެވެ.

މިއަދު ވެސް އަންހެނުންނަކީ ހަމަ މަތިވެރި ބައަކަށް ވެވިދާނެއެވެ. އިސްލާމް ދީނާއި ޤައުމަށް ނަޞްރުދީގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް