އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާކިސްތާނުން އިންޑިއާގެ 163 މަސްވެރިން މިނިވަންކޮށްފި

ޕާކިސްތާނުން އިންޑިއާގެ 163 މަސްވެރިން މިނިވަންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ޕާކިސްތާނުގެ ކަރާޗީގެ ދެކުނު، މަލިރުގެ ޖަލުގައި ބަންދުކޮށްފައި ތިބި އިންޑިއާގެ މަސްވެރިންގެ ތެރެއިން 163 މަސްވެރިން މިނިވަންކޮށް އިންޑިއާއަށް ފޮނުވައިފިއެވެ. މިމީހުންގެ ތެރޭގައި 10 އަހަރާއި 14 އަހަރާއި ދެމެދުގެ 5 ކުދިންވެސް ހިމެނެއެވެ.

މީގެ ތެރޭގައި ހިމެނޭ 10 އަހަރުގެ ކުއްޖަކު ޖަލުގައި 8 މަސް ދުވަސް ހޭދަކޮށްފައިވާއިރު 12 އަހަރުގެ ކުއްޖަކު ވަނީ 18 މަސް ދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

ޕާކިސްތާނުން ބުނީ އެޖަލުގައި އިންޑިއާގެ 660 އިންޑިއާ މީހުން އެބަތިބި ކަމަށާއި އެއިގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާގެ މަސްވެރިން ކަމަށެވެ. އަދި މިމީހުން މިނިވަންކުރީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކަމަށެވެ.

މިމީހުން އަނބުރައި އިންޑިއާއަށް ފޮނުވައިދިނުމުގައި އެހީތެރިވެދިނީ ހިލޭ އެހީދޭ ޕާކިސްތާނުގެ އިސް ޖަމާއަތެއް ކަމަށްވާ އެދީ ފައުންޑޭޝަނުންނެވެ. އެޖަމާއަތުން ވަނީ އިންޑިއާއަށް ދާނެ ރެއިލް ޓިކެޓު ދިނުމުގެ އިތުރުން ހަދިޔާވެސް ދީފައެވެ.

އިންޑިއާ އާއި ޕާކިސްތާނުން ގެންދަނީ ޤަވާއިދާއި ޚިލާފަށް އެޤައުމެއްގެ ކަނޑުގެ ސަރަހައްދަށް ވަންނަ މަސްވެރިން ހިފައި ހައްޔަރުކުރަމުންނެވެ. ގިނަ ފަހަރަށް އަނެއް ޤައުމުގެ ސަރަހައްދަށް ވަދެވިފައި ހުންނަނީ މަސް ބޯޓުތަކުގައި ހުންނަން ޖެހޭ މުވާސަލާތީ ސާމާނު ނެތުމުންކަން ފާހަގަ ކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް