އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރީޔުނިއަން އަށް ލެއްގީ އެމްއެޗް 370 ގެ ބައިތައްކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

ރީޔުނިއަން އަށް ލެއްގީ އެމްއެޗް 370 ގެ ބައިތައްކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ރީޔުނިއަން އަށް ލައްގައިގެންނާއި ރީ ޔުނިއަން ކައިރިން ފެނިފައިވާ ބައިތަކަކީ މިދިއަ އަހަރު ގެއްލިފައިވާ މެލޭޝިޔަން އެއަރލައިންސްގެ ފްލައިޓް، އެމްއެޗް 370 ގެ ބައިތަކެއް ކަމަށް މެލޭސިޔާގެބޮޑު ވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވެއްޖެއެވެ.

"ވަރަށް ހިތާމައާއިއެކު ވެސް މިއަދު ބުނަން ޖެހެނީ ރީޔުނިއަން ކައިރިން ފެނިފައިވާ ފްލައިޓުގެ ބައިތަކަކީ އެމްއެޗ 370 ގެ ބައިތަކެއް ކަމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމަކުން މިއަދު ކަށަވަރުކޮށްދީފި ކަމަށް." ބޮޑުވަޒީރު ވިދާޅުވިއެވެ.

ނަޖީބް ވިދާޅުވީ މީގެ ކުރިންވެސް އެ ފްލައިޓު ގެއްލިފައިވަނީ އެ ސަރަހައްދުގައިކަމަށް ޤަބޫލުކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ހެކި ލިބެން ނެތުމުން އެކަން ޔަޤީން ނުކުރެވުނީ ކަމަށެވެ.

ނަޖީބު ވިދާޅުވީ ކަނޑުގެ އަޑިއާއި އެއްގަމު ސަރަހައްދުން މިހައިތަނަށް ހޯދަމުން އައީ ފްލައިޓު ދަތުރުކުރި މަގަށް ބަލައި ޝައްކުކުރެވޭ ސަރަހައްދުތައް ކަމަށެވެ.

ނަޖީބް ވަނީ ހިތްދަތިކަމާއި ވޭންތަކާއިއެކުވެސް ފަސިންޖަރުންގެ ޢާއިލާތަކުން ކެތްތެރިކަމާއިއެކު ކުރި ދިގު އިންތިޒާރު ފާހަގަ ކުރައްވާފައެވެ.

މެލޭސިއަން އެއަރލައިންސް އިން ބުނެފައިވަނީ ފްލައިޓުގެ ބައިތައް ތަޙްލީލުކުރި ފަރަންސޭސި ތަޖުރިބާކާރުންނާއި މެލޭސިޔާގެ ތަޖުރިބާކާރުންވެސް އެއީ އެ ފްލައިޓުގެ ބައިތަކެއްކަން ކަށަވަރުކޮށްދިނުމުން މިހާރު އެކަން ފަސިންޖަރުންގެ ޢައިލާތަކަށްވެސް ވާނީ އަންގާފައި ކަމަށެވެ.

މެލޭސިއަން އެއަރލައިންސް އިން ބުނީ ފްލައިޓުގެ އިތުރު ބައިތައް ފެނި ނުއެނގި ހުރި ކަންކަން އެނގުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެމްއެޗް 370 ގެއްލުނުތާ މިވީ 515 ދުވަހެވެ. ފްލައިޓް ގެއްލުނީ މެލޭސިޔާ އިން ފުރައިގެން 239 ފަސިންޖަރުންނާއިއެކު ޗައިނާއަށް ދަތުރުކުރަނިކޮށެވެ.

އެހެންކަމުން އިންޑިއާ ކަނޑު ހުރަސްކޮށް ރީ ޔުނިޒަން ސަރަހައްދަށް ބޯޓަށް ދާންޖެހުނު ސަބަބު ވާނީ ބޮޑުވެގެންވާ ސަބަކަށް ކަމުގައި ޤަބޫލުކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް