އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާސިރުގެ މިސްކިތުގައި ޖާނުންފިދާވީ ހެކި ނުލިބިގެން މިނިވަންކޮށްފަ ހުރި މީހެއް

އާސިރުގެ މިސްކިތުގައި ޖާނުންފިދާވީ ހެކި ނުލިބިގެން މިނިވަންކޮށްފަ ހުރި މީހެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ސައުދިއަރަބިޔާގެ އާސިރުގެ މިސްކިތެއްގައި ޖާނުން ފިދާވެގެން 15 މީހުން ޝަހީދުކޮށް ގިނަ ބައަކު ޒަޚަމްކޮށްލި އުމުރުން 21 އަހަރުގެ ޔޫސުފް ބިން ސުލައިމާން އަކީ އެފަދަ ކަމަކަށް ތުހުމަތު ކުރެވިގެން މީގެ ދެއަހަރު ކުރިން ޖަލުގައި ބަންދުކުރުމަށްފަހު ހެކި ނުލިބިގެން މިނިވަންކޮށްފައި ހުރި މީހެއްކަމަށް ބުނެފިއެވެ.

ސައުދީ ނޫސްތަކުން ބުނެފައިވަނީ މީނާ އަކީ ދުވަހަކުވެސް ޤައުމުން ބޭރަށް ދިއަ މީހެއް ނޫން ކަމަށާއި ޓެރަރިސްޓް އެއްވެސް ޖަމާއަތަކާއި ގުޅުންހުރި މީހެއް ކަމުގެ ހެކި ނުލިބުމުން އޭނާ މިނިވަންކުރީ 45 ދުވަހު ޖަލުގައި ބަހައްޓައި ރިހިބިލިޓޭޓް ކުރުމަށްފަހުގައި ކަމަށެވެ.

އޭނާ ހައްޔަރުކުރީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހެއް ކަމަށް ޤަބޫލުކުރެވިގެންނެވެ. މީނާ އައިއެސް އާއި ގުޅުން ބަދަހިކުރީ މިދިއަ އަހަރުކަމަށް ބެލެވެއެވެ.

އޭނާ ޖާނުންފިދާވުމުގެ އަމަލު ހިންގުމުގެ ކުރިން އޭނާގެ އައު ދިރިއުޅުމުގައި އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ވަނީ ސޯޝަލް މީޑިއާގައި އެދިފައެވެ.

މި ހަމަލާގައި މަރުވި އުމުރުން 19 އަހަރުގެ ޒުވާން ސިފައިންގެ މީހާގެ ޢާއިލާއިން ވަނީ އޭނާ ޝަހީދުވުމުން އެކަން ފާހަގަކޮށްފައެވެ. ޢާއިލާ އިން ބުނީ އޭނާއަކީ ޤައުމަށްޓަކައި ޝަހީދުވި މުޖާހިދެއް ކަމަށެވެ.

ސައުދީގައި ކުރިއަށް ގެންދާ ޖާނުން ފިދާވުމާއި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން ސައުދީ ރަސްގެފާނުގެ ގަނޑުވަރުން ވަނީ ޤައުމު ހިމާޔަތް ކުރުމުގައި ހުރިހައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށާއި އެކަމަށް އެންމެންވެސް މަސައްކަތްކޮށްދިނުމަށް އެދިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް