އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ބިންހެލުންތަކެއް އަތުވެއްޖެ

ގިނަ ބިންހެލުންތަކެއް އަތުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އިއްޔެ ގިނަ ބިންހެލުންތަކެއް އަތުވެއްޖެއެވެ.

ފުރަތަމަ ބިން ހެލުން އައީ ޗައިނާގެ ޔާންގި އަށް .9 ގެ ބާރު މިނުގައެވެ. އެއިގެ ކުޑައިރުކޮޅެއް ފަހުން ނޭޕާލަށްވެސް ވަނީ 4.9 ގެ ބާރު މިނުގައި ބިން ހެލުމެއް އައިސްފައެވެ.

އެއިގެ 3 ގަޑިއިރު ފަހުން އަފްޣާނިސްތާނަށް ވަނީ 5.7 ގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައެވެ. މިބިންހެލުމުގެ އަސަރު ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދަށާއި އިންޑިއާގެ ވެރިރަށް ނިޔުދިއްލީއަށްވެސް ކޮށްފައެވެ.

ނަމަވެސް އެއް ވެސް މީހަކަށް ނުވަތަ މުދަލަށް ބޮޑު ގެއްލުމެއްވީކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން 6.7 ގެ ބާރުމިނުގައި ސޮލޮމޮން އައިލަންޑަށް ވެސް ހޯމަ ދުވަހު ބިންހެލުމެއް އައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުން ގިނަ ވުމަކީ ދުނިޔެ ނިމޭ ކަމުގެ އިންޒާރެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ. ދީނީ އިލްމުވެރިން ވިދާޅުވަނީ ދުނިޔެ ނިމެން ކައިރިވާ ވަރަކަށް ބިންހެލުންތައް ގިނަވާނެ ކަމަށެވެ. އަދި އެއީ މީސްތަކުންނަށް އިންޒާރެއް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް