އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީގައި ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަން އަނބު ފެސްޓިވަލެއް ބާއްވަނީ

ސައުދީގައި ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަން އަނބު ފެސްޓިވަލެއް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ސައުދިއަރަބިޔާގައި ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ސަގާފީ ކެއުމާއިއެކު އަނބު ފެސްޓިވަލެއް ބައްވަން ސައުދީގައި ހުންނަ ޕާކިސްތާނު އެމްބަސީން ނިންމައިފިއެވެ.

އެމްބަސީން ބުނީ މިފެސްޓިވަލް ކުރިއަށް ގެންދާނީ ރިޔާދް ގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލުގައި ކަމަށާއި މިއީ މިފަދަ ފެސްޓިވަލެއް ސައުދީގައި ކުރިއަށް ގެންދާ 4 ވަނަ އަހަރު ކަމަށެވެ.

އެމްބަީން ބުނެފައިވަނީ މީގެ ކުރިން ބައްވާފައިވާ މިފަދަ ފެސްޓިވަލުތަކުގައި "ޕާކިސްތާނުގެ ރަހަ" ބެލުމަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު މިފަހަރުވެސް ބޮޑު ތަރުޙީބެއް ލިބޭނެ ކަމަށް ޔަޤީން ކުރާ ކަމަށެވެ.

އެމްބަސީން ބުނީ މިފެސްޓިވަލުގައި ޕާކިސްތާނުގެ 4 ޕްރޮވިންސްގެ ރަހަ ދައްކާނެ ސްޓޯލްތައް ހުންނާނެ ކަމަށާއި ބިރިޔާނީ ފަދަ ކެއުންތައްވެސް ލިބެން ހުންނާނެ ކަމަށެވެ.

ސައުދީގައި ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިންގާ މިފެސްޓިވަލުގެތެރޭގައި ހިމަނައިގެން ގިނަބައަށް ދައުވަތުދީގެންވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ސައުދީ ވިޔަފާރިތަކަށާއި ބޭރުގެ ޑިޕޮލޮމެޓުންނަށް ދައުވަތުދޭނެ ކަމަށްވެސް އެމްބަސީން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް