އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޕަގެ ދިރިއުޅުން ބަދަލުކުރުވި ދަރިފުޅުގެ އެންމެ ބަސް!

ބައްޕަގެ ދިރިއުޅުން ބަދަލުކުރުވި ދަރިފުޅުގެ އެންމެ ބަސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

އިންސާނުންގެ ހަޔާތުގައި ތަފާތު ކަންތައްތައް ދިމާވެއެވެ. ބައެއް ަކަންކަމަކީ އެކަމަކުން ތިމާއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަންކަމެވެ. އެއިގެ ތެރެއިން އެންމެ ޢާންމު އެއް ކަމަކީ ޑްރަގުގެ ވަބާއެވެ.

އަބޫ މޫސާ އަކީ އުމުރުން 50 އަހަރުގެ މީހެކެވެ. 50 އަހަރުގެ ތެރެއިން 20 އަހަރު އޭނާ ހޭދަކުރީ ޑްރަގުގެ އަޅެއްގެ ގޮތުގައެވެ. ޢާއިލާގެ ގިނަ ގުނަ މަސައްކަތްތަކާއި ރިހިބިލިޓޭޝަން ސެންޓަރުގެ ގިނަ ގުނަ ފަރުވާއިން ވީ ހަމަ އެއްވެސް ކަމެއް އޮތް ކަމަކަށް ނުވިއެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. އޭނާ ބޭނުންވީ މާރުކޭޓަށް ދާށެވެ. މަސްތުގެ ހާލުގައި ހުރެއެވެ. ޢާއިލާގެ އެންމެން ކުރި އާދޭހަށް ގުޑައެއް ނުލިއެވެ. ބޭނުންވީ ހަމަ އަމިއްލައަށް ކާރު ދުއްވާފައިދާށެވެ.

އެހެން ގޮތެއް ނެތުމުން ފިރިހެން ދަރިއަކު އެދުނީ އަބޫ މޫސާ ކާރުގެ ފަހަތު ސީޓުގައި އިނުމަށެވެ. ކާރު ދުއްވަން އޭނާ އާއި ހަވާލުކުރުމަށެވެ.

އަބޫ މޫސާ އެގޮތަށް އެއްބަސްވުމުން ދެބަފައިން އެކުގައި މާރުކޭޓަށް ދަތުރުފެށިއެވެ. އަބޫ މޫސާ ކާރުގެ ފަހަތު ސީޓުގައި އިނދެގެންނެވެ.

ދަތުރުމަތީގައި ކާއެއްޗެއް ގަނެލުމަށް މަޑުކޮށްލިއެވެ. ދަރިފުޅު ކާރުގެ ބިއްލޫރިތައް ތިރިކޮށްލިއެވެ. އެވަގުތު ފެނުނު ރަހްމަތްތެރިން ކޮޅަކާއި ދަރިފުޅު ވާހަކަ ދައްކައިލިއެވެ.

އެތަނުގައި އަބޫ މޫސާ އަކީ ޑްރަގް އެޑިކްޓެއްކަން ދަންނަ މީހަކު ހުރިކަން ދަރިފުޅަކަށް ނުއެނގެއެވެ. އެމީހާ ދަރިފުޅާއި ސުވާލުކުރިއެވެ. "ކަލޭ މިހަކުރު ފީފާ ތިއުފުލަނީ ކޮންތާކަށްތޯ؟ އާއި އެއީ ކާކުތޯ؟" އެވެ.

ދަރިފުޅަށް ހަތަރު އުދެރެސް ފެނުޖެހުނެވެ. ދޭނެ ޖަވާބަކާއިމެދު ވިސްނައިލިއެވެ. "ގެއަށް ލައިދޭން މިދަނީ. އެއީ ދުރުތާ ތިމާގެ މީހެއް." ކަމަށް ޖަވާބު ދިނުމަށްފަހު ކާރު ދުއްވައިލިއެވެ.

މާރުކޭޓަށް ދިއުމުގެ ބަދަލުގައި ބައްޕަ ބޭނުންވީ އަނބުރައި ގެއަށް ދިއުމަށެވެ. ތަކުރާރުކޮށް ބައްޕަ އެކަމަށް އެދުމުން ކާރު އަނބުރާލާފައި ދިއައީ ގެއަށެވެ.

ބައްޕަ ވަނީ ކޮޓަރިއަށެވެ. ނިދަން ބޭނުންހައި އިރަކު ނިދުމަށްފަހު ނިދައި ހޭލައިގެން ނުކުތެވެ. ނުކުމެ ސޯފާގައި އާއިލާ އާއިއެކު މަޑުކުރިއެވެ.
ޢާއިލާއަށް އާދައާ ޚިލާފު ކަމެއް އިހްސާސް ކުރެވުނެވެ. އަބޫ މޫސާ ގެއިން ބޭރަށް ދާން ނުއުޅުމެވެ. ރައްޓެއްސަކަށް ފޯނުވެސް ނުކުރުމެވެ. އަބަދު ވާހަކަ ދައްކާ އަބޫ މޫސާގެ ބަސްމަދުކަމެވެ.

ޢާއިލާއިން ވަރަށް ކަންބޮޑުވިއެވެ. އަބޫ މޫސާއަށް ވާން އުޅޭ ގޮތެއް ނުއެނގުމުންނެވެ. އައި ބަދަލު ނުއެނގުމުންނެވެ. އެހެންކަމުން ސުވާލުތައް ކުރިމަތިކުރަން ފެށިއެވެ.

އަބޫ މޫސާގެ ޖަވާބަކީ "އަހަރެންގެ ދަރިފުޅު އަހަރެންގެ ހިތް ކަތިލައިފިއެވެ. އަހަރެންނަކީ ދުރު ހިލޭ މީހެއް ކަމަށް ބުނެފިއެވެ. ބައްޕަ ކަމަށް ބުނަން ލަދުގަތީއެވެ. އެކަން އެވީ ހަމަވާނެ ގޮތަށެވެ. ހަކުރުގެ އަޅަކު އެއީ ބައްޕަ ކަމަށް ވުމަށް އެއްވެސް ދަރިއަކު ނުއެދޭނެއެވެ. އެކަން އަހަރެން ޤަބޫލުކުރަމެވެ. އެހެންވީމާ އަހަރެން ދެން މަސްތުވާ އެއްވެސް ެއެއްޗެއް ބޭނުމެއް ނުކުރާނަމެވެ. ދަރިންނަށްވުރެ އެކަން އަހަރެންނަށް މުހިންމު ނޫން ވީމައެވެ. އެވަގުތު އަހަރެންވީ ދެރަ ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ."

ޢާއިލާއަށް ލިބުނީ އިންތިހާއަށް އުފާވެރިކަމެވެ. އެހައިމެ ބޮޑު ހައިރާން ކަމެވެ. އެހެންކަމުން ފަރުވާ ހޯދަން ރިހިބިލިޓޭޝަން ސެންޓަރަށް ދިއުމަށް އެދުނެވެ.

އަބޫ މޫސާގެ ޖަވާބަކަށްވީ " ނުދާނަމެވެ. ފަރުވާ ލިބިގެން ރަނގަޅުވާނެ ނަމަ އަހަރެން ޙޫންނާނީ މާކުރިން ރަނގަޅުވެފައެވެ."

އަބޫ މޫސާ އެއްވެސް ފަރުވާއެއްވެސް ނުހޯދައެވެ. މަސްތުވާތަކެތި ބޭނުމެއްވެސް ނުކުރެއެވެ. މަސްތުވާތަކެތި ބޭނުން ނުކުރުމުން އަޅާ ވޭނަށްވުރެ އޭނާގެ ދަރިފުޅުގެ އެންމެ ބަހަކުން އެޅި ވޭން މާބޮޑުވީކަމަށް ވެދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް