އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުއްދަ ނެތި ހައްޖުވާމީހުންނަށް ބޮޑެތި އަދަބުތަކެއް

ހުއްދަ ނެތި ހައްޖުވާމީހުންނަށް ބޮޑެތި އަދަބުތަކެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ބޭރު ޤައުމެއްގެ މީހަކު ވިސާ ނެތި، ސައުދީ ރައްޔިތަކު ނަމަ ހައްޖުވުމަށް ނަގަންޖެހޭ ހުއްދަ ނުނަނަގައި ހައްޖުވެއްޖެނަމަ އެމީހަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ ހޯމް މިނިސްޓްރީން ބުނެފައިވަނީ ހުއްދަނެތި ޤަވާއިދާއި ޚިލާފަށް ހައްޖުވުމަށް އެއްވެސް މީހަކު އުޅެފިނަމަ އެމީހަކު މަދުވެގެން 2 މަސްދުވަހަށް ޖަލުގައި ބަންދުކުރުމާއިއެކު 25،000 ސައުދި ރިޔާލައިން ޖުރުމަނާ ކުރާނެ ކަމަށެވެ.

އަދި އެކަން ތަކުރާރުކުރާ މީހަކުނަމަ މަދުވެގެން 6 މަސް ދުވަހަށް ޖަލުގައި ބަންދުކުރާނެ ކަމަށެވެ. އަދި މަދުވެގެން 50،000 ސައުދި ރިޔާލައިން ޖުރުމަނާ ކުރާނެ ކަމަށެވެ.

ހުއްދަ ނެތް މީހުން އުފުލާ ވެހިކަލްތައް ކޮންފިސްކޭޓްކޭޓް ކުރުމުގެ އިތުރުން 100،000 ރިޔާލައިން ޖުރުމަނާކުރުމާއިއެކު ޑްރައިވަރު 2 އަހަރު ދުވަހަށް ޖަލަށް ލާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

ޤަވާއިދުން ހައްޖަށްދާ މީހުންވެސް އެމީހުންގެ ހައްޖު ކާޑު އަބަދުވެސް ގެންގުޅުމަށާއި ހައްޖުވެރިން އުފުލުމަށް ހުއްދަދީފައިވާ ވެހިކަލްތަކުގައި ދަތުރު ކުރުމަށް ހައްޖާއި ބެހޭ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ހިސާބުތައް ދައްކާގޮތުން މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު 49،000 މީހުން ޤަވާއިދާއި ޚިލާފަށް ސައުދީއަށް އެތެރެވުމަށް ވަނީ މަސައްކަތްކޮށްފައެވެ.

ސައުދީ ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ ޓެރަރިޒަމްގެ އަމަލުތައް ސައުދީގައި ހިންގަމުން ގެންދާތީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް