އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑޮނޭސިއާ އިން މިއަހަރު 168،800 މީހުން ހައްޖަށްދާނެ

އިންޑޮނޭސިއާ އިން މިއަހަރު 168،800 މީހުން ހައްޖަށްދާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ދުނިޔޭގެ އެންމެ މުސްލިމުންގެ އަދަދު ގިނަ ޤައުމުކަމަސްވާ އިންޑޮނޭސިއާ އިން މިއަހަރު 168،800 މީހުން ހައްޖަށްދާނެ ކަމަށް އެ ޤައުމުގެ ޙައްޖު އޮފީހުން ބުނެފިއެވެ.

މީގެ ތެރެއިން 155،000 މީހުން ހައްޖަށްދާނީ އެޤައުމުގެ ހައްޖު ކޯޕޮރޭޝަން މެދުވެރިކޮށެވެ. އެހެން މީހުން ދާނީ އަމިއްލަ ޖަމާއަތްތަކާއި ގުޅިގެންނެވެ.

މީގެ ތެރެއިން ފުރަތަމަ ގްރޫޕުގެ ގޮތުގައި 3،500 މީހުން ހޮނިހިރު ދުވަހު ވަނީ ވައިގެމަގުން މަދީނާއަށް ގޮސްފައެވެ. މަދީނާގެ އިތުރުން ޖިއްދާ މަގުންވެސް ގިނަ ބައަކު ހައްޖަށްދާނެއެވެ.

އިންޑޮނޭސިއާގެ އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 3000 މުވައްޒިފުން މައްކާ އަށާއި މަދީނާއަށް ފޮނުވައިފައެވެ. އަދި މައްކާ އާއި މަދީނާއިން 500 އެހީތެރިން ހަމަޖައްސައިފައެވެ.

އެމިނިސްޓްރީން ބުނެފައިވަނީ އެޤައުމުގެ ހައްޖުވެރިންގެ އެންމެހައިކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައިވާ ކަމަށެވެ.
ޢާންމުގޮތެއްގައި ކޮންމެ އަހަރަކު އިންޑޮނޭސިއާއިން 200،000 މީހުން ދަތުރުކުރެއެވެ. ނަމަވެސް މިއަހަރު އެއަދަދު މަދުވީ ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތްތަް ކުރިއަށް ގެންދާތީ އެ އަދަދަށް ކޯޓާ ނުލިބުމުންނެވެ.

އިންޑޮނޭސިއާ އަކީ މުސްލިމުންގެ އަދަދު އެންމެ ގިނަ ޤައުމު ކަމަށްވާއިރު އެންމެ ގިނަ ބައަކު ހައްޖަށް ދަނީވެސް އެ ޤައުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް