ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (ގެޕް) ސެޓިފިކޭޝަން ސްކީމެއް އެންޑޯސްކުރުން–އެމް-ގެޕް (މޯލްޑިވްސް ގެޕް)

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (ގެޕް) ސެޓިފިކޭޝަން ސްކީމެއް އެންޑޯސްކުރުން–އެމް-ގެޕް (މޯލްޑިވްސް ގެޕް)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ރާއްޖޭގައި ހައްދާ ތާޒާ މޭވާއާއި ތަރުކާރީ ހެއްދުމުގައި ގެންގުޅޭނެ ދަނޑުވެރިކަމުގެ ރަނގަޅު އާދަތަކުގެ ސްކީމެއް (ގުޑް އެގްރިކަލްޗަރަލް ޕްރެކްޓީސަސް ގެޕް) ތަޢާރަފުކުރުމުގެ މަސައްކަތް 2014ގައި ވަނީ ފެށިފައެވެ. ގެޕް ސްކީމް ރާއްޖެއަށް ތައާރަފް ކުރުމުގެ މަސައްކަތް ކުރަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި މޯލްޑިވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިންނެވެ. މިއަދު މިސްކީމް ގެ ދަށުން ބެލުމަށް ހަމަޖެހިފައިވާ 5 މައިގަނޑު ދާއިރާ ތަކުން ބެލުމަށް ހަމަޖެހިފައިވާ ޓެކްނިކަލް މިންގަނޑުތައް ކަނޑައަޅައި މިމިންގަނޑުތައް ގެޕް ސްކީމްގެ ސްޓިއަރިންގ ކޮމިޓީން އެންޑޯސް ކޮށްދެއްވައިފިއެވެ. ސްޓިއަރިންގް ކޮމިޓީގެ ޗެއަރޕާރސަން އަކީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުހަންމަދު ޝައިނީއެވެ، އަދި ކޯޗެއަރޗެއަރޕާރސަންއަކީމިނިސްޓަރއޮފްހެލްތް އަލްފާޞިލާ އިރުތިޝާމް އާދަމް އެވެ.

ރާއްޖޭގައި ގެޕް ސްކީމެއްޤާއިމް ކުރުމަށް އެހީވެދެއްވަނީ، ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ އެފް.އޭ.އޯ އިން ސާރކްގެ 4 ގައުމެއްގައި (ބޫޓާން، ބަންގްލަދޭޝް، ނޭޕާލް އަދި ދިވެހިރާއްޖެ) ކުރިއަށް ގެންދާ ޕްރޮޖެކްޓްއަކުންނެވެ.
"ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް - GAP އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިންސާނުން ކެއުމަށް ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ދަނޑުގޮވާން ކުރުމާއި އެތަކެތި ރައްކާކޮށް ގުދަންކުރުމާ އަދި އެއްތަނުން އަނެއްތަނަށް އުފުލުމުގައި އަމަލުކުރަންޖެހޭ މިންގަނޑާއި އުސޫލްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. މީގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމާއި އަދި ދަނޑުވެރިކަމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަންވެސް ހިމެނެއެވެ. "

މި ސްކީމްގައި 5 މޮޑިއުލްއެއް ހިމެނެއެވެ. އެއީ އާއްމު މިންގަނޑުތަކުގެ މޮޑިއުލްއަކާއި، ކާނާގެ ރައްކާތެރިކަމާއި ގުޅޭ މޮޑިއުލްއަކާއި، ދަނޑުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސިއްޙަތާއި ރައްކާތެރިކަމާއި ގުޅޭ މޮޑިއުލްއަކާއި ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ މޮޑިއުލްއަކާއި ކާނާގެ ކޮލިޓީއާއި ގުޅޭ މޮޑިއުލްއެކެވެ. މި ސްކީމްގައި ހިމެނޭނީ މިއިން ކޮންމެ ކަމެއް ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަންކުރުމުގައި ދަނޑުވެރިޔާ ގެންގުޅެން ޖެހޭ ރަނގަޅު އާދަތަކެކެވެ. އަދި އެ ދަނޑުގައި ކަންކުރަނީ މި މިންގަނޑުގައި ބަޔާންކުރާ ގޮތަށްކަން ކަށަވަރުކުރުމަށްފަހު އެ ދަނޑަށް ސެޓިފިކެޓެއް އެވޯރޑްކުރެވެއެވެ. އަދި މި ސެޓްފިކެޓް ލިބުމުން އެދަނޑެއްގައި އުފައްދާ ތަކެތީގައި ގެޕްގެ ލޯގޯ ހިމެނޭ ސްޓިކަރ ޖެހުމުގެ ހުއްދަ ލިބެއެވެ.

މި ލޯގޯގެ މަތީގައި ދައްކުވައިދޭ ފަސް ފަތް އެއީ މި ސްކީމްގައި ހިމެނޭ ފަސް މޮޑިއުލް އެވެ. އަދި އެކި މޮޑިއުލްތަކުގައިވާ މިންގަނޑުތައް ފުރިހަމަކޮށް ސާރޓިފައިވާ މިންވަރަކުން އެ ފައްތަކުގައި ކުލަ ޖެހެމުންދާނެއެވެ. ގެޕް ސްކީމް ފަށައިގަތުމަށް އެންމެ ބޮޑު އިސްކަމެއް މިދެނީ ކާނާގެ ރައްކާތެރިކަން ޔަޤީންކުރުމަށް ކަމަށްވާތީ، މިސްކީމްގައި ބައިވެރިވާން އެދޭ ކޮންމެ ފަރާތަކުންވެސް އާއްމު މިންގަނޑުތަކުގެ މޮޑިއުލްއާއި ކާނާގެ ރައްކާތެރިކަމުގެ މޮޑިއުލްގައިވާ ކަންކަން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ދެން ހުރި 3 މޮޑިއުލްގައި ބައިވެރިވާން ބޭނުންވެލައްވައިފިނަމަ އެމިންގަނޑުތައް ފުރިހަމަކުރެއްވުމުން އެ މޮޑިއުލްތަކަށްވެސް ސާރޓިފައިކުރެވިދާނެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގރިކަލްޝަރ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް