މުޖުތަމައު ހަރުދަނާ ކުރެވޭނީ އަންހެނުންނަށް ތައުލީމު ދީގެން

މުޖުތަމައު ހަރުދަނާ ކުރެވޭނީ އަންހެނުންނަށް ތައުލީމު ދީގެން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

މުޖުތަމައު ހަރުދަނާ ކުރެވޭނީ އަދި ކުރިއެރުވޭނީ އަންހެނުންނަށް ތައުލީމުދީ ކުރިއަރުވައިގެން ކަމަށް ގިނަބައަކު ބުނެ މިހާރު ގެންދަނީ އެކަމަށް ވަކާލާތު ކުރަމުންނެވެ.

މިކަމުގެ ހަޤިޤަތަށް ބަލައިފިނަމަ އިސްލާމް ދީނުގެ ތެރެއިން ގިނަ ކަންތައްތަކެއް ފެނެއެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް އިސްލާމް ދީނުގައި ބާރުއަޅާ މިންވަރުން އެކަނިވެސް މިކަމަށް ފުދެއެވެ.

ދަރިފުޅުގެ ހުރިހައި ކަމެއް ފެށިގެން އަންނަނީ މައިމީހާ އާއި ހަމައިންނެވެ. މައިމީހާގެ ކިބައިންނެވެ. ދަރިފުޅުގެ ފުރަތަމަ އެދުރަކީވެސް މައިމީހާއެވެ. ދަރިފުޅު ތަރުބިއްޔަތު ކުރުމުގައިވެސް އެންމެ އިސް ދައުރެއް އަދާ ކުރަނީ މައިމީހާއެވެ.

އެހެން ކަމަށްވާއިރު މައިމީހާއަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ އަންހެނަކަށް ވާން އެބަޖެހެއެވެ. މައިމީހާއަކީ ހޭލުންތެރިއަކަށް ވާން އެބަޖެހެއެވެ. މައިމީހާއަކީ ތަފާތު ބަސްތައް ދަންނަ އަންހެނަކަސްވާން އެބަޖެހެއެވެ.

ޤަބޫލުކުރަން ބޭނުންވި ނަމަވެސް އަދި ނުވި ނަމަވެސް ސޯޝަލް މީޑިއާ ގެންދަނީ ކުޑަކުދިންގެ ވިސްނުމަށް ސަވާރުވަމުންނެވެ. ކުޑަކުދިންގެ އަމަލުތައް ބަދަލުކުރުވަމުންނެވެ.

ކުޑަކުދިންނަށް ކޮމްޕިޔުޓަރާއި ޓެބްލެޓް ފަދަ ވަސީލަތްތައް ފޯރުކޮށްދޭންޖެހެއެވެ. އެކުދިންގެ ތައުލީމަށްޓަކައެވެ. މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

ކަންމިހެން އޮތް އިރު މިދިއަ ހަފްތާގައި ދިވެހި ޢާއިލާއަކަށް ކުރިމަތިވި ހިތާމަވެރި ހާދިސާއަށް ބަލައިލުންވެސް މުހިންމެމެވެ. މައިމީހާއަށް އިނގިރޭސި ބަސް ނުއެނގުމުގެ ސަބަބުން މައިމީހާއަށް އޮޅުވައިލައިގެން ދަރިފުޅު މައިމީހާގެ ކުރިމަތީގައި ކުރަމުން ގެންދިއަ ކަންކަމުގެ މައުލޫމާތު އެނގުމުންނެވެ.

ގޭގެ ކޮޓަރިއެއްގައި ކުއްޔަށް ހުރި މީހަކު ދަރިފުޅާއިއެކު ޖިންސީ ގުޅުން ހިންގުމަށް މުޢާމަލާތުކުރަމުންގެންދިއައީ ހަމަ ކޮޓަރީގައި ހުރެގެންނެވެ. މައިމީހާއަށް ޗެޓް ލޮގު ފެނެއެވެ. ނަމަވެސް އިނގިރޭސިބަހުން މުއާމަލާތު ކުރީތީ ނުއެނގުނީއެވެ.

މިފަދަ ކަންކަން ހުއްޓުވޭނީ މައިންނަކީ ތައުލީމީ ބައަކަށް ހެދިގެންނެވެ. ދަރިންގެ ކަންކަން ބަލަން މައިން ކިތަންމެ ބޭނުންވި ނަމަވެސް އެކަން ކުރެވޭނީ މައިން ހޭލުންތެރި ކުރުވިގެންނެވެ. މައިންގެ ޤާބިލުކަން އިތުރު ކުރެވިގެންނެވެ. އެކަމަށް ބޭނުންވަނީ ތައުލީމެވެ.

އަޅުގަނޑުމެންގެ މުޖުތަމައު ސަލާމަތްކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. އެކަމަށްޓަކައި އިތުރު ހިތްވަރާއިއެކު މިވަނީ މަސައްކަތްކުރަން ޖެހިފައެވެ. އެކަމަށް އިތުރު ސަމާލުކަމެއް ދެމަތޯއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް