އޮންދިގޯ ބަށި މުބާރާތުގެ ދެވަނަ ދުވަހުގެ ކުޅުން ކުރިއަށް ގެންގޮސްފި

އޮންދިގޯ ބަށި މުބާރާތުގެ ދެވަނަ ދުވަހުގެ ކުޅުން ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮންދިގޯ ބަށި މުބާރާތް 2015ގެ ދެ ވަނަ ދުވަހުގެ ކުޅުން ކުރިއަށް ގެނގޮސްފިއެވެ.

ހޯމަ ދުވަހު ހެނދުނު ކުޅުނު ފުރަތަމަ މެޗް ގައި ބައްދަލުކުރީ ކޮއިމަލާ ޓީމާއި ލިލީ ޓީމެވެ. މިމެޗް ކާމިޔާބުކުރީ 29 ލަނޑު 0 ފޯލިން ކޮއިމަލާ ޓީމެވެ.

ދެވަނަ މެޗުގައި ކުޅުނީ ބަށިހިތްވަރު ޓީމާއި ހިޔަލަ ޓީމެވެ. މިމެޗް
ބަށިހިތްވަރު ޓީމުން ކާމިޔާބުކުރީ 24 ލަނޑު 0 ފޯލިން ނެވެ.

3 ވަނަ މެޗް ގައި ކުޅުނީ ނޫރަލީ ޓީމާއި ފަރި ގޮމަ ޓީމެވެ. މިމެޗް ނޫރަލީ ޓީމުން ކާމިޔާބުކުރީ 23 ލަނޑު 11 ފޯލިންނެވެ.

4 ވަނަ މެޗް ގައި ބައްދަލުކުރީ ދޮންދީނި ޓީމާއި ކުރަނގި ޓީމެވެ.
މި މެޗް ކާމިޔާބް ކޮއްފައިވަނީ 33 ލަނޑު0 ފޯލިން ދޮންދީނި ޓީމެވެ.

މި މުބާރާތުގެ މެޗުތަށްކުގެ އަންޕަޔަރުކަމާއި މުބާރާތް ބަލަހަށްޓަވައި ދެއްވަނީ ބަށިބޯޅަ އެސޯސިއޭސަންގެ ބޭފުޅުންނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު