ފިނޭންސް ރިކްރިއޭޝަން ކުލަބުން ބޭއްވި ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ވޭލްޝާކް ޓީމް ހޯދައިފި

ފިނޭންސް ރިކްރިއޭޝަން ކުލަބުން ބޭއްވި ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ވޭލްޝާކް ޓީމް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ "ފިނޭންސް ރިކްރިއޭޝަން ކްލަބް" އިން އިންތިޒާމް ކޮށްގެން ބޭއްވި ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމިނިސްޓްރީގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް ތަމްސީލް ކުރި ވޭލް ޝާކް ޓީމު ހޯދައިފިއެވެ.

ފައިނަލް މެޗް 4 ގޯލް، 3 ގޯލުން ވެލްޝާކް ކާމިޔާބުކުރީ، ޓީޕެޑް އާއި ވާދަ ކޮށްގެން ވަރަށް ފޯރިގަދަ ކުޅުމަކަށްފަހުގައެވެ. ޓީޕެޑަކީ، ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން ތަމްސީލްކުރި ޓީމެވެ.

މިމެޗް ވެލްޝާކް ކާމިޔާބުކުރީ، މެޗް އެއްވަރުވުމުގެ ސަބަބުން، ޕެނަލްޓީ ޖަހައިގެންނެވެ.

ޗެމްޕިއަންކަން ހޯދި ޓީމަށް ތަށްޓާއި އިނާމު ޙަވާލުކޮށްދެއްވީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނާއިބު ޢަބްދުލްޣަފޫރުއ ެވެ. އަދި ރަނަރަޕް ޓީމަށާއި، އެހެނިހެން މަޤާމްތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ، ފައިނޭންޝަލް ކޮންޓްރޯލަރ ޚާދީޖާ ޙުސައިން އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ މަޤާމު ހޯދީ ފާޠިމަތުނިހާން/ ވެލްޝާރކް، ޝިއުނިމާ ބަޝީރު/ ވެލްޝާރކް، ހައްވާސަޕްނާ/ ޓީޕެޑް، މަރިޔަމް ނަޒްލީން/ޓީޕެޑް އަދި އައިމިނަތު ނާހިން/ޕިޕިޑީ އެވެ.


މިމުބާރާތަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ބަދަހި ގުޅުމެއް އަލާކުރުމުގެ މަޤުސަދުގައި ކުޅުނު މުބާރާތެއް ކަމަށް އެމިނިސްޓްރީން ބުނެއެވެ.
މުޅިއެކު 6 ޓީމް ބައިވެރިވި މި މުބާރާތް ނިމިގެންދިއައީ ވަރަށް އެކުވެރިކަމާއެކުގައި ކަމަށާއި މި މުބާރާތުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފައި ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު