އއ.މަތިވެރި ފުޓްސެލް ދަނޑާއި ޔޫތް ސެންޓަރު ހުޅުވައިފި

އއ.މަތިވެރި ފުޓްސެލް ދަނޑާއި ޔޫތް ސެންޓަރު ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

އއ.މަތިވެރި ފުޓްސެލް ދަނޑާއި ޔޫތް ސެންޓަރު ހުޅުވައިފިއެވެ.

މަތިވެރީ ޔޫތް ސެންޓަރު ހުޅުވައި ދެއްވީ އެކަމަށްޓަކައި ބުދަ ދުވަހުގެ ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލްމުހުސިން ހަމީދު އެވެ.

މަތިވެރި ޔުނިއަން ސްޕޯޓްސް ކުލަބުން އާބާދީގައި 900 އެއްހައި މީހުން ދިރިއުޅެމުންދާ މަތިވެރީގައި ގާއިމްކޮށްފައިވާ ޔޫތް ސެންޓަރަކީ ޔޫތް މިނިސްޓްރީގެ އެއްބާރުލުމާއިއެކު ގާއިމްކޮށްފައިވާ ސެންޓަރެކެވެ.

ޖާގައިގެ ގޮތުން ތަނަވަސް ގިނަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއިއެކު ޔޫތް ސެންޓަރު ހުޅުވައި ދެއްވުމަށްފަހު ޔޫތް މިނިސްޓްރީގެ އިސްބޭފުޅުންވަނީ ޔޫތް ސެންޓަރު ބައްލަވާލައްވާފައެވެ.

މިރަސްމިއްޔާތުގައި މަތިވެރީ ޔޫނިއަން ސްޕޯޓްސް ކުލަބުގެ އިސްވެރިންނާއި، ކައުންސިލުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އތިރުން ބުދަ ދުވަހުގެ ރޭ އެރަށު ފުޓްސަލް ދަނޑު ވެސް ބުދަ ދުވަހުގެރޭ ވަނީ ހުޅުވައިފައެވެ.

މަތިވެރި ފުޓްސަލް ދަނޑު ވެސް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ އަބްދުލްމުހުސިން ހަމީދުއެވެ.


ދަނޑު ހުޅުވުމުގައި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ މުހުސިން ވިދާޅުވީ މަތިވެރީގައި ހުޅުވުނު ދަނޑަކީ ވަރަށްވެސް ހިއްގައިމު އަދި ރައްްޔިތުންގެ ބުރަ މަސައްކަތުން ގާއިމްކޮށްފައިވާ ދަނޑެއްކަމަށެވެ.


މުހުސިން ވަނީ މިދަނޑު ގާއިމްކޮށްދިނުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދެއްވި މަތިވެރީ ޔުނިއަން ސްޕޯޓްސް ކުލަބަށް ޝުކުރު އަދާކުރައްވާފައެވެ.

ޢަބްދުލްމުހުސިން ވިދާޅުވީ، މަތިވެރިއަކީ ކުޑަ އާބާދީއަކަށް ބަލާއިރު ކުޅިވަރުގެ އިންފުރާސްޓްރަކްޗަރ ބާރު ސްޕީޑެއްގައި ކުރިއަށްދާ ރަށެއް ކަމަށެވެ. އަދި މިނިސްޓްރީން ކުލަބާއި ކައުންސިލުން ކުރާ މިފަދަ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމަށް މުހުސިން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާހު އިސްމާއިލް ވިދާޅުވީ، މިދަނޑަކީ ރާއްޖޭގައި ގާއިމްކޮށްފައިވާ ދަނޑު ތަކުގެ ތެރެއިން ހިއްގައިމު ދަނޑެއްކަމަށެވެ. ޝާހު ވިދާޅުވީ ފުޓުބޯޅަޔަކީ ކުޅިވަރެއްގެ ގޮތުގައި އެކަނި ދެކިގެން ނުވާނެކަމަށާއި، ފުޓުބޯޅައިގެ ސަބަބުން މީހާގެ އަހުލާއި ސުލޫކު ރިވެތި ގޮތުގައި ބައްޓަން ކުރުމަށް ފުރުސަތުތަކެއް ލިބިގެންދާކަމަށެވެ.

މިރަސްމިއްޔާތުގައި މަތިވެރީ ޔުނިއަން ސްޕޯޓްސް ކުލަބުގެ އިސްވެރިންނާއި ކައުންސިލުގެ އިސްބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރި ވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު