މައްސަލައަކީ މުސްލިމުންގެ އާރާއި ބާރުގެ ބޭނުން ހެޔޮ ގޮތުގައި، އިސްލާމީ އުންމަތަށް ނުކުރާކަން: އިމާމް

މައްސަލައަކީ މުސްލިމުންގެ އާރާއި ބާރުގެ ބޭނުން ހެޔޮ ގޮތުގައި، އިސްލާމީ އުންމަތަށް ނުކުރާކަން: އިމާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

އިސްލާމްދީން އައީ އަޅުކަންތަކުގެ ތެރެއިން ލައިފައި މި އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދޭން ކަމަށާއި އިސްލާމީ އުންމަތަކީ ބާރުގަދަ އުންމަތެއް ކަމަށް، އަދި އެހެން މީހުންނަށް ލިބިފައި ނުވާ ކިތަންމެ ބާރުތަކަކާއި، ޤާބިލުކަމަކާއި، ކެރިފޯރުންތެރިކަމާއި މުއްސަނދިކަމެއް މި އުންމަތަށް ލިބިގެންވާ ކަމަށް އިމާމް ވިދާޅުވެއްޖެއެވެ.އަޟްޙާ ޢީދު ޚުޠުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ މައްސަލައަކީ މުސްލިމުންނަށް ލިބިފައިވާ މި އާރާއި ބާރުގެ ބޭނުން ހެޔޮ ގޮތުގައި، އިސްލާމީ އުންމަތަށްޓަކައި ނުކުރާކަން ކަމަށެވެ."ދުނިޔޭގެ އާބާދީއަށް ބަލާއިރު، މުޅި ދުނިޔޭގެ ފަސް ބައިކުޅަ އެއް ބައަކީ މުސްލިމުންނެވެ. އެހެންވީމާ އިސްލާމީ އުންމަތުގެ މީހުންގެ ޢަދަދު މަދެއް ނޫނެވެ. އިސްލާމީ އުންމަތުގެ މާއްދީ މުއްސަނދިކަން ކުޑައެއްވެސް ނޫނެވެ. ތެލުގެ މުއްސަނދިކަން އެންމެ ބޮޑީ އިސްލާމީ ޤައުމުތަކުގައެވެ. ބިމުގެ މުއްސަނދިކަމާއި، ފެނުގެ މުއްސަނދިކަން ވެސް ހަމަ އެހާމެ ބޮޑެވެ. އިސްލާމީ އުންމަތް ޖޯގްރަފީ ގޮތުން ބަލާއިރު، މި އޮތީ ދުނިޔޭގެ އެންމެ މުހިންމު ސަރަޙައްދުގައެވެ. އޭސިޔާއިން ޔޫރަޕަށް ދެވޭ މަގުތައް އޮތީ އިސްލާމީ އުންމަތުގެ ސަރަޙައްދުގެ ތެރޭގައެވެ."އިމާމް ވިދާޅުވީ ﷲ ގެ ރިސާލަތުތައް ބާވައިލައްވާފައިވަނީ މި އުންމަތުގެ ބިންތަކަށް ކަމަށާއި. ދުނިޔޭގެ ޙަޟާރަތްތަކުގެ ދާންތައް އޮތީ މި ސަރަޙައްދުގެ ތެރޭގައި ކަމަށެވެ. އިސްލާމީ އުންމަތަށް ބަލާއިރު އެ އުންމަތަށް މަތިވެރި ރިސާލަތެއް ލިބިގެންވާ ކަމަށާއި އެއީ އިސްލާމްދީނުގެ ރިސާލަތު ކަމަށެވެ. "އެއީ ވަޞިއްޔަތުގެ ރިސާލަތެވެ. އެއީ ރޫޙާއި މާއްދާއަށް ރިޢާޔަތް ކުރާ ރިސާލަތެކެވެ. އެއީ ދުނިޔޭގައި އާޚިރަތުގެ ބާއްޖަވެރިކަން އޭގައި ހިމެނޭ ރިސާލަތެކެވެ."އިމާމު ވިދާޅުވީ މިހުރިހައި ކަންކަމާއި އެކުގައިވެސް މުސްލިމުންނަށް ލިބިފައިވާ މި ބާރުތަކުގެ ބޭނުމެއް ނުކުރަމު ކަމަށެވެ.އިމާމް މިމޭރުމުން ވިދާޅުވެފައި މިވަނީ އިސްލާމީ އުންމަތަށް މިހުރިހައި އާރާއި ބާރުތައް ﷲ މިންވަރު ކުރައްވަވާފައިވާއިރުވެސް ދުނިޔޭގައި މިއަދު އެންމެ ނިކަމެތި އަދި އަލުވެތިކަން ބޮޑު ބައަކީ މުސްލިމުންކަން ފާހަގަކޮށް ދުނިޔޭގެ ގިނަ ބައަކު މުސްލިމުންނަށް މަލާމާތްކުރަމުން ގެންދާ ވަގުތެއްގައިކަން ފާހަގަކުރެއެވެ. އަމިއްލައަށް އެއްވެސް ކަމެއް ކުރުމުގެ އާރާއި ބާރު ނެތި ކޮންމެ ކަމެއްގައި މުސްލިމުންގެ އަދާވާތްތެރިންގެ ކިބައިން އެހީތެރިކަމާއި މަދަދަށް މުސްލިމުން އެދެމުން ގެންދާކަން އެންމެންވެސް ދަނީ ފާހަގަކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް