އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ﷲ އަށްޓަކައި ހޭދަކުރުމާ ދުރުހެލިވުން: އިމާމް

އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ﷲ އަށްޓަކައި ހޭދަކުރުމާ ދުރުހެލިވުން: އިމާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ﷲ އަށްޓަކައި ހޭދަކުރުމާއި ދުރުހެލިވުމާއި ﷲ އަށް ކިޔަމަންގަތުމާއި ދުރުހެލިވުމާއި ވެރިންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ހެޔޮ ގޮތުގައި ނުއެހުން ކަަމަށް އިމާމް ވިދާޅުވެއްޖެއެވެ.

އިމާމް މިމޭރުމުން ވިދާޅުވެފައިވަނީ އަޟްޙާ ޢީދު ކުޠުބާ އިއްވަވަމުންނެވެ. އިމާމް ވިދާޅުވީ ކީރިތި ރަސޫލާގެ ޞަޙާބީންގެ ކުރިފުޅުމަތީގައި ދުނިޔެ ތިރިވެ، ކިޔަމަންގަތީ އަދި އިސްލާމްދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ އެ ބޭކަލުންގެ މުއްސަނދިކަމާއި ހަށިކޮޅުތައް ވަރުގަދަކަމުން ނޫން ކަމަށެވެ. ކުރިއެރުމަށް މަސައްކަތްކުރައްވާފައި ވާތީ ކަމަށެވެ.

"އަބޫބަކުރުގެފާނު ޚާލިދުގެފާނަށް ވިދާޅުވީ ކީކޭތޯއެވެ؟ "ދީނަށްޓަކައި ކަލޭގެފާނު ޤުރުބާންވެވަޑައިގަންނަވާށެވެ. އެއިރުން ކަލޭގެފާނަށް ދިރިހުންނެވުން ލިބިވަޑައިގަންނަވާނެއެވެ."

ޢީދުގެ މަޤްޞަދު:

"ﷲ ޢައްޒަ ވަޖައްލަ ޙައްޖާއި ޢީދު ޝަރުޢު ކުރެއްވީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށެވެ. އެއް ބައަކު އަނެއް ބަޔަކާ އެކުވެރިކަން މަތީ ދިރިއުޅުމަށެވެ. އެއް ބަޔަކު އަނެއް ބައަކަށް ވާގިވެރިވެ އުންމަތް އާރާސްތު ކުރުމުގައި ތެދުވުމަށެވެ. އެއް ހަށިގަނޑެއްގެ ގޮތުގައެވެ. އެކެއްގެ ކެކުޅުންތައް އަނެކަކު ބަރުދާސްތު ކޮށްގެންނެވެ. މީގެ އިތުރަށް ޢީދާއި ޙައްޖަކީ ޞުލްޙަ މަސަލަސްކަމެވެ. ޙައްޖުގެ ތެރެއިން ލާފައި ކޮންމެ ޙައްޖުވެރިއަކަށް އަނެކާގެ ޙަޔާތަށް ޙުރުމަތްތެރިކޮށް ހިތަން ދަސްވެއެވެ. އެކަކު އަނެކަކަށް ޢަދާވާތްތެރިއެއް ނުވެއެވެ. އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައެއް ނުގަނެއެވެ. މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނަ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން އެންމެން ޞުލްޙަ މަސަލަސްކަމުގެ ތެރެއަށް ވަންނާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިއަބައިމީހުން ތަބާނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ ޝައިޠާނާއަކީ ތިޔަބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދުއްވެކެވެ. ފަހެ، ތިޔަބައިމީހުންގެ ގާތަށް ފާޅުވެގެން ހުރި ޙުއްޖަތްތައް އައުމަށް ފަހު ތިޔަބައިމީހުން މަގުން ކައްސާލައިގެން ހިނގައްޖެ ނަމަ، ހަމަކަށަވަރުން، ﷲ އީ، ޢިއްޒަތްވަންތަ ޙަކީމްވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!"

އަޅުގަނޑުމެންގެ މި ޢީދުން އައު ޞަފްޙާއެއް ހުޅުވައިލެއްވުމަށް ދަންނަވަމެވެ. އަޅުގަނޑުމެންގެ މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އަޅުގަނޑުމެންގެ ދީން ކަމުގައި ހަދައިގެންނެވެ. އަޅުގަނޑުމެން ޢިއްޒަތްތެރި ބަޔަކަށް ވާނީ އޭރުންނެވެ. މާތްﷲ ވަޙީ ކުރެއްވި އާޔަތެއްގެ މާނަ: "މި ޢިއްޒަތާއި ޤަދަރު ޙާޞިލްކުރެވޭނީ އެއްބައިވަންތަކަން ހަރުދަނާކޮށްގެންނެވެ. އަޅުގަނޑުމެން ބައިބައި ނުވެ އުންމަތުގެ މަޞްލަޙަތުތައް ޙާޞިލްކުރުމަށްޓަކައި އެއްގަލަކަށް އަރައިގެންނެވެ. މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައި ވަނީ އެ މީހުންގެ އެއްބައިވަންތަކަމެވެ. މާތްﷲ ވަޙީކުރެއްވި އާޔަތެއްގެ މާނަ: "އަދި ﷲ އަށާއި، އެ ކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިއަބައިމީހުން ދެބަސްވެ އަރައިރުން ނުވާށެވެ! (ދެބަސްވެ އަރައިރުންވާނަމަ) ތިއަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރު ނެތި ހިނގައިދާނެއެވެ. އަދި ތިއަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް