އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ތައުލީމީ ސިޔާސަތަށް ގެނެވުނު ބަދަލުގެ ފައިދާ ދަރިވަރުންނަށް ދަނީ ކުރަމުން: ޑރ. ޝައިނީ

ތައުލީމީ ސިޔާސަތަށް ގެނެވުނު ބަދަލުގެ ފައިދާ ދަރިވަރުންނަށް ދަނީ ކުރަމުން: ޑރ. ޝައިނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

މިސަރުކާރުން ރާއްޖޭގެ ތައުލީމީ ސިޔާސަތަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ދަނީ ވަރަށް ބޮޑު ފައިދާތަކެއްކޮށް ކުރިއަރަމުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 2014 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ ސްކޫލުތަކުގެ ދަރިވަރުންނަކީ މުޖުތަމައުގައި ބޭނުންހިފޭނެ ބައަކަށް ހެއްދެވުމަށާއި ކުދިންގެ ފައިދާއަށް ރައީސް ޔާމީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އެގޮތުން އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެސިޔާސަތާއި ތައުލީމީ ހަޔާތުގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުން ފަދަ ކަންކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވަވާ ކަމަށެވެ.

ޑރ. ޝައިނީ ވިދާޅުވީ ކޮންމެ ކުއްޖަކީ އިލްމީ ގޮތުން އެންމެ ކުރީ ސަފަށް އަރާނެ ކުއްޖެއް ނޫން ކަމަށާއި މަސައްކަތުގެ ދާއިރާއިން ކުރީ ސަފަށް އަރާނެ ކުދިބައަކު އެބަތިބިކަމާއި ތިބޭނެ ކަން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.

ޑރ. ޝައިނީ ވިދާޅުވީ ކިޔަވައި ނިމިގެން އަމަލީ މައިދާނަށް ނުކުތުމުން ކުދިންގެ މޮޅު ހުނަރުތައް ފެނިގެންދަނީ ސްކޫލް ދައުރުގައި ކިޔެވުމުގެ އިތުރުން ކުދިން ބައިވެރިވާ އިތުރު ހަރަކާތްތަކުގެ ސަބަބުންކަމަށްވާއިރު އިތުރު ހަރަކާތްތަކުގައި ކުދިން ބައިވެރިކުރުމަށް ބެލެނިވެރިން ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑރ. ޝައިނީ ވިދާޅުވީ އެންމެ އިސްކަން ދޭން ޖެހޭނީ ކިޔެވުމަށް ކަމަށާއި ހަމައެއާއިއެކު އިތުރު ހަރަކާތްތަކުގައި ބައިވެރިވާނަމަ އަމަލީ މައިދާނަށް ނުކުތުމުން ގިނަ ގުނަ ފައިދާތަކެއް ކުރާކަން އަމިއްލަފުޅަށް ވެސް ވަނީ ތަޖުރިބާ ކުރެއްވެވިފައި ކަމަށެވެ. "އިތުރު ހަރަކާތްތަކުގައި ބައިވެރިވާނަމަ މާކާމިޔާބު ކުއްޖަކަށް ވާނެކަން ޔަޤީން."

ޑރ. ޝައިނީ ވިދާޅުވީ މިއަދުގެ ކުޑަކުދިންނަކީ މާދަމާ މިޤައުމުގެ ބާނީން ކަމަށްވާއިރު ޤައުމަށް ފައިދާހުރި ޚިދުމަތެއް ކޮންމެ ކުއްޖެއްގެ ކިބައިންވެސް ބޭނުންވާ ކަމަށެވެ. "ކޮންމެ ކުއްޖަކީ އެއް މަސައްކަތެއް ކުރާ ކުއްޖަކަށް ނުވާނެ. ޤައުމަށް ޚިދުމަތް ބޭނުންވޭ ހުރިހައި ދާއިރާއަކުންވެސް."

ޑރ. ޝައިނީ ވިދާޅުވީ އަހްމަދިއްޔާ ސްކޫލުގެ ތާރީޚަށް ބައްލަވާއިރު އެސްކޫލަށް އެންމެ ރަނގަޅު ގިނަ ކާމިޔާބީތައް ލިބެމުން އައިސްފައިވަނީ މައްޗަންގޮޅީ އަވަށު ވެރިކަމާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް ހަވާލުވެވަޑައިގަތުމަށްފަހު ދެއްވަމުން ގެންދެވި އިރުޝާދުގެ ސަބަބުންކަން ހާމަވާ ކަމަށެވެ.

ޑރ. ޝައިނީ ވަނީ ރައީސް މައުމޫން ގެންގުޅުއްވި ތައުލީމީ ސިޔާސަތުގެދަށުން އަވަށު މަދަރުސާތައް އުފެއްދެވިކަން ފާހަގަކުރައްވައިފައެވެ. ހަމައެއާއިއެކު އެބޭފުޅެއްގެ އަމިއްލަފުޅު ޚަރަދުގައި މަދުރަސަތުލް އަހްމަދިއްޔާ ބިނާކުރައްވައި އެތައްސަތޭކަ ކުދިންނަށް ހިލޭ ސާބަހަށް ފޮތް ފަންސުރު ދެއްވައިގެން އަޙްމަދިއްޔާ ސްކޫލް ހިންގަވަންފެށްޓެވި ޚިދުމަތްތެރިޔާ ޑީ. އަހްމަދު ދީދީގެ ހަނދާން އައު ކުރައްވައި އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތަށް އެދިވަޑައިގެންފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް