އިސްލާމުން އަމަލުކުރަންޖެހޭނީ އެހެން ދީންތަކާއި ތަފާތުކޮށް: އިމާމް

އިސްލާމުން އަމަލުކުރަންޖެހޭނީ އެހެން ދީންތަކާއި ތަފާތުކޮށް: އިމާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ކަންކަމުގައި މުސްލިމުން އަމަލުކުރަންޖެހޭނީ އެހެން ދީންތަކުގެ މީހުންނާއި ތަފާތުކޮށް ކަމަށް އިމާމް ވިދާޅުވެއްޖެއެވެ.މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމުގައި ހުކުރު ޚުޠުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ މުސްލިމުންނަށް ވެސް އައު އަހަރެއް އޮންނަ ކަމަށެވެ. އަހަރުގައި މަސްތަކެއް ވެސް ހުންނަ ކަމަށެވެ.އިމާމް ވިދާޅުވީ އެހެން ކަމާއިއެކުވެސް މުސްލިމުންގެ އަހަރު، ހިޖުރީ އަހަރުގެ މަސްތަކުގެ ނަންތައްވެސް އެނގެނީ މަދު މީހަކަށް ކަމަށެވެ. އެހެންކަމުން މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބެގެން، އިސްލާމީ ކަންކަމުގައި ހިފަހައްޓައިގެން ތިބެ ކަންކަމުގައި ކުރިއަށް ދިއުމަށް އިމާމް ވަނީ ގޮވައިލައްވައިފައެވެ.އިމާމް ވަނީ މިއަދުގެ މުސްލިމުން. ﷲގެ މަގުގައި ހޭދަކުރާ މިންވަރާއި ދީނީ ކަންކަމުގައި ހިފަހައްޓާ މިންވަރާއިމެދު ސުވާލު އުފައްދަވައިފައެވެ.މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި އިމާމްވެ މިއަދު ހުކުރު ނަމާދުކޮށްދެއްވީ ޝައިޚް ސަމީރުއެވެ. ޝައިޚް ސަމީރު ވިދާޅުވެފައިވަނީ ޝައިޚްގެ އަމިއްލަފުޅު ޚުޠުބާއެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް