ކޮމިޝަނަރ އޮފް ޕޮލިސް ގެ ވާދައިގެ ތަށްޓަށް ކުޅޭ މިނިވަން ފަންސާސް ވޮލީ މުބާރާތް މިއަދު ފަށަނީ

ކޮމިޝަނަރ އޮފް ޕޮލިސް ގެ ވާދައިގެ ތަށްޓަށް ކުޅޭ މިނިވަން ފަންސާސް ވޮލީ މުބާރާތް މިއަދު ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ ވާދައިގެ ތަށްޓަށް ކުޅޭ މިނިވަން ފަންސާސް ވޮލީ މުބާރާތް މިއަދު ފެށުމަށް ހަމަޖައްސައިފިއެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތުގައި މިފަހަރު އަންހެން 02 ޓީމް އަދި ފިރިހެން 12 ޓީމް ބައިވެރިވާ މިމުބާރާތް ކުރިއަށް ގެންދާނީ އޮކްޓޯބަރ 11 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ 21 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރގެ އިންޑޯ ހޯލްގައެވެ.

މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ނުކުރާ ބޭރުކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތުވަނީ ދީފައެވެ

މި މުބާރާތުގެ ޗެމްޕިއަންކަން ވޭތުވެދިއަ އަހަރު ހޯދާފައި ވަނީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ޓީމާ ވާދަކޮށް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޓީމެވެ.

މި މުބާރާތުގެ މެޗްތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު އަންހެންބައިގެ މެޗަކާއި ފިރިހެން ބައިގެ 03 މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަންހެން ބައިގެ މެޗްގައި ގައި ބައްދަލްކުރާނީ ސީ.އޯ.ސީ ވުމެންސް އާއި އެސް.އޯ ހާޓް ބީޓެވެ.

ފިރިހެން ބައިގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސީ.އޯ.ސީ އާއި އެސް.އެސް.ޑީއެވެ. ދެވަނަ މެޗްގައި ބައްދަލްކުރާނީ ޑީ.އޯ.ސީ އާއި ކުލަބް އެފް.ސީ.ޕީ.ޑީއެވެ. ތިންވަނަ މެޗްގައި ބައްދަލްކުރާނީ ޕީ.ސީ.ޑީ އާއި އައި.ޑީ ކުލަބްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް