އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފަހުމީ ސީއެސްސީގެ ރައީސް ކަމުގެ މަގާމުން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 400.000 ރ ދިނުމަށް ހުކުމް ކޮށްފި

ފަހުމީ ސީއެސްސީގެ ރައީސް ކަމުގެ މަގާމުން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 400.000 ރ ދިނުމަށް ހުކުމް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ސިވިލް ސާވިސް ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުކޮށް އެ ކޮމިޝަންގެ ރައީސްގެ މަގާމުން ވަކިކުރި މައްސަލާގައި އޭނާ އަށް ބަދަލެއްގެ ގޮތުން 400،000 އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ ފަހުމީ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ އަކީ މަގާމުގައި ދެމި ހުރި މީހެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ މައްޗަށެވެ.

ސިވިލް ކޯޓުން ކުރި ހުކުރުމުގައި ބުނެފައި ވަނީ ފަހުމީ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ ބަދަލެއްގެ ގޮތުގައި 421،733ރ. ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށެވެ. ފަހުމީ މަގާމުން ދުރުކުރީ 2012 ވަނަ އަހަރު ރައްޔިތުން މަޖިލީހުންނެވެ. ނަމަވެސް މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ބަދަލު ހޯދުމަށް އެދި ފަހުމީ ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މެލޭޝިޔާގެ ޑެޕިއުޓި ހައިކޮމިޝަނަރު ކަމަށް އައްޔަން ކުރި ތާރީހާ ހަމައަށް ފާއިތުވި ތިން މަހާއި 10 ދުވަހުގެ މުސާރައިގެ ގޮތުގައި މަހަކަށް 51،400 ރުފިޔާގެ މަގުން 171،333ރ. ދޭން ޖެހޭ ކަމަށެވެ. ޑެޕިއުޓީ ހައި ކޮމިޝަނާ ކަމުގެ މަގާމަށް ފަހުމީ އައްޔަންކުރެއްވި 28 ނޮވެމްބަރު 2013ގައެވެ. އެހެން ކަމުން އެ މަގާމުގެ މުސާރަ ހަމަޖެހުމާ ހަމައަށް ސީއެސްސީން ލިބެންޖެހޭ މުސާރަ ފަހުމީ އަށް ލިބެންޖެހޭނެ ކަމަށް ވެސް ހުކުމުގައި ވެއެވެ.


މީގެ އިތުރުން ޑެޕިއުޓީ ހައިކޮމިޝަނަރުގެ މުސާރައަކީ 18،000ރ. ކަމަށް ވެފައި ސީއެސްސީގެ މުސާރައަކީ 30،000ރ. ކަމަށް ވުމުން އެ މަގާމާ ހަވާލުވި ދުވަހާ ހަމައަށް މުސާރައިގެ ތަފާތު ކަމަށްވާ 12،000ރ. ހިނގައިދިޔަ މުއްދަތާ ހަމައަށް ލިބެންޖެހޭނެ ކަމަށް ވެސް ހުކުމުގައި ވެއެވެ. އެއީ 20 މަހާއި 26 ދުވަހަށް 250،400ރ. ދޭންޖެހޭނެ ކަމަށް ވެސް ހުކުމުގައި ވެއެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު