ޖުނާ ފުޓްބޯލް ޗެލެންޖް 2015

ޖުނާ ފުޓްބޯލް ޗެލެންޖް 2015


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތުއައްޑޫ ސިޓީގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯލް މުބާރާތް ކަމަށްވާ ޖުނާ ފުޓުބޯލް ޗެލެންޖް ކަޕް އައްޑޫސިޓި ހިތަދޫ ފުޓުބޯލް ސްޓޭޑިއަމްގައި މިމަހުގެ 51 ވަނަ ދުވަހު ފަށައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި 300000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރއަޕް ޓީމް އަށް 100000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މަގުޞަދަކީ އައްޑޫ ސިޓީގެ ޒުވާނުންނަށް ފުޓުބޯޅައިން ފުރުޞަތުތަކެއް ހޯދައި ދިނުމަށާއި ކުޅިވަރުގެ ރޫހޫ އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި އާލާ ކުރުން ކަމަށާއި ފާއިތުވި 3 އަހަރު އައްޑޫސިޓީގައި މި މުބާރާތްވަނީ 3 ފަހަރު މަތިން ކާމިޔާބު ކަމާއި އެކު ބޭއްވިފައިކަމަށް މުބާރާތް އިންތިޒޢމުކުރާ ފަރާތުން ބުނެއެވެ.

އައްޑޫ ސިޓީއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ މޮޅު ކުޅުންތެރިން އުފެދުނު އެއް ސަރަހައްދެވެ. އެސިޓީގައި ސަރުކާރުން ވަނީ އެންމެ ޒަމާނީ ފެންވަރުގެ ސްޓޭޑިއަމެއް އަޅައިފައެވެ. ސަރުކާރުން ބުނެފައިވަނީ އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު