އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޞިއްޙީ ދާއިރާއިން މިއަހަރުތެރޭ ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ: ރައީސް ޔާމީން

ޞިއްޙީ ދާއިރާއިން މިއަހަރުތެރޭ ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ: ރައީސް ޔާމީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ޞިއްޙީ ދާއިރާއިން މިހައިތަނަށް ރާއްޖެއަށް ޙާޞިލުކުރެވިފައި ނުވާ އެތައް ބޮޑެތި ކަންތައްތަކެއް މިއަހަރުތެރޭ ޙާޞިލު ކުރެވޭނެ ކަމަށާއި ޞިއްޙީ ދާއިރާއިން މިއަހަރު ބޮޑެތި ކުރިެރުންތަކެއް ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުލު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރުމަސް އަންނައިރު ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ޑައިގްނޯސްޓިކް ސެންޓަރެއް އައިޖިއެމްއެޗްގައި ޤާއިމުކުރެވޭނެ ކަމަށެވެ.

އަދި ހިތުގެ ބަލިތަކަށް ފަރުވާދޭނެ ކެތް ލެބްއަކާއި ކިޑްނީ ބަދަލުކުރެވޭ ފެންވަރުގެ ސްޕަރ ސްޕެޝަލިޓީ ކިޑްނީ ސެންޓަރެއްވެސް އައިޖީއެމްއެޗްގައި ޤާއިމުކޮށް މިއަހަރުތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. "އަޅުގަނޑު މަރައިލަން އެއުޅެނީ މިފަދަ ކަންކަން ކޮށްދޭތީ."

ރާއްޖެތެރެއިން ހާލު ބޮޑުވެގެން މާލެ ގެންނަންޖެހޭ މީހުންވެސް މީގެ ދެއަހަރު ފަހުން މާލެ ގެންނާނީ އެއަރޕޯޓަށް ގެނައުމަށްފަހު ކަނޑުމަގުން ނޫން ކަމަށާއި އެއްގަމު މަގުން "ބްރިޖުން" ކަންވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ޔާމީން މިމޭރުމުން ވިދާޅުވެފައިވާއިރު ދައުލަތެއްގައި ދައުލަތުގެ އެމްއާރުއައި މެޝިނެއް ނެތް ހަމައެކަނި ޤައުމުގެ ގޮތުގައި ރާއްޖެ މިހައިތަނަށް އޮތް އޮތުމަށް ރައީސް ޔާމީން ވަނީ މިދިއައަހަރު ނިމުން ގެނެސްދެއްވައިފައިކަން ފާހަގަކުރެވެއެވެ.

ޑްރަގުގެ ވަބާއަކީ ޤައުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަން ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވައިފައެވެ. "އަޅުގަނޑުމެން މިހާރުވެސް ވާނީ 50 ކުދިން ރިހެބިލިޓޭޓްކޮށްފަ. އެކުދިން މިހާރު އެދަނީ ވަޒީފާ އަދާކުރަމުން."

ރައީސް ޔާމީން ވިދާޅުވީ ރައީސް ނަމަވެސް ނައިބް ރައީސް ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާއިރު އަދުލު އިންޞާފާއި ކުރިމަތިލާންޖެހޭނެ ދުވަހެއް އަންނާނެކަން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޤައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ބޭނުންފުޅުވުމުން އެކަމަށް ހުރަސް އެޅުއްވުމަކީ އެމަނިކުފާނަށް ކުރެއްވެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އުންމީދު ކުރައްވަވަނީ އަވަސް ޝިފާއެއް ލިބިވަޑައިގެން ރާއްޖެވަޑައިގެން ޤައުމަށް ޚިދުމަތް ކުރައްވަން ފަށްޓަވާނެ ދުވަހަކަށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް