މިސްކިތުގަ ހުރި މީހާގެ ކަންފަތް ކައިލުމުގެ ޒިންމާ އުފުލާނީ ކާކު؟

މިސްކިތުގަ ހުރި މީހާގެ ކަންފަތް ކައިލުމުގެ ޒިންމާ އުފުލާނީ ކާކު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

މިސްކިތުގަ ހުރި މީހެއްގެ ކަންފަތް "ކާލައިފި" އެވެ. އެކަން މިއަދު ހާމަވެފައިވާއިރު މިހާރު ބަލަންވީ އެކަމުގެ ޒިންމާ އުފުލާނެ ފަރާތެކެވެ.ފުލުހުންގެ ބަޔާން ވަރަށް ސާފެވެ."މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މިހާއަކީ، މަސްތުވާތަކެތީގެ ގިނަ ޢަދަދެއްގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކުގެ ރެކޯޑް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮންނަ މީހެކެވެ. އެއިގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ 2 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެކެވެ."ގިނަ އަދަދެއްގެ ކުށްތައް ކުރެވޭނީ ގިނަ ދުވަސްތަކެއް ވަންދެން ކުށްކުރަން އޭނާއަށް ވީއްލި ހުރެވުނީތީއެވެ. އެއީ ޔަޤީން ކަމެކެވެ. އޭނާ ނުކުރާ ކުށެއް ނެތެވެ. މުޖުތަމައުއަށް ގެއްލުންހުރި ބޮޑެތި ކުށްތައް ޢާންމުކޮށް ކުރާ މީހެކެވެ. ނަމަވެސް ހަަމަ އެކުށްތައް ކުރަން އޭނާއަށް ވީއްލި އެބަހުރެވެއެވެ.މިސްކިތުގައި ހުރި މީހެއްގެ ކަންފަތް ކައިލެވުނީ އޭނާއަށް ވީއްލި ހުރެވުނީތީކަން ވެސް އެއީ ޔަޤީންކަމެކެވެ. ހަމަ އޮތީ އެއް ސުވާލެކެވެ. މިކަމުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ؟ ކޮން މުއައްސަސާއަކުން ހެއްޔެވެ؟ފުލުހުން ނޫން ކަމަށް ކަނޑައަޅަން ޖެހެއެވެ. ފުލުހުން އެވަނީ މަސްއޫލިއްޔަތު އަދާކޮށްފައެވެ. ދައުވާކުރަން ޕީޖީއަށް ވެސް ފޮނުވައިފައެވެ.

މިސްކިތުގައި ތިބޭ މީހުންގެ އަތް ދަބަސް ފޭރުމާއި ވަގަށް ނެގުން ފަދަ ކަންކަމަކީ ރާއްޖޭގައި މިއަދު ހަމަ ޢާންމުކަމެކެވެ. އެންމެ ފަހުން މާލޭގައި ބޮޑު ޖަމާއަތުގައި ކުރި ކޭތަ ނަމަދަށް ތިއްބައި 6 ވަރަކަށް އަންހެނުންގެ އަތް ދަބަސް ވަގަށް ނެގިކަން އެއީ ވެސް މިފަދަ ވަގުތަކު ފާހަގަކުރަންޖެހޭ ކަމެކެވެ.މިކަންކަން މިހިސާބަށް ދިއުމުގެ ޒިންމާ އުފުލާނީ ކޮން މުއައްސަސާއަކުން ހެއްޔެވެ؟ ދައުލަތުގެ ކޮން ބާރަކުން ހެއްޔެވެ؟ ކުށްވެރިންގެ މައްޗަށް ދައުވާ ކުރުމާއި ޝަރީއަތް ކުރުމާއި ޙުކުމް އިއްވުމަކީ ހަމަގައިމުވެސް ސަރުކާރުގެ މަސްއޫލއިްޔަތެއް ނޫން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. 3 ބާރު ވަކިކުރެވިފައިވާތީއެވެ.ބައެއް މީހުން ބުނާގޮތުގައި ކަންފަތް ކެވުނީ މިސްކިތުގައި ތިބޭމީހުންގެ ކަންފަތް ކެއުން ހުއްޓުވުމާއި ބެހޭ ޤާނޫނެއް ނެތުމުންނެވެ. އެެހެންކަމަށްވާނަމަ ދައުލަތުގެ ބަންޑާރަ ނައިބުގެ މައްސަލައެއް އޮންނާނެތާއެވެ.މިފަދަ ކަންކަމާއި ގުޅިގެން ސިޔާސީ ވާހަކަތައް ދެއްކުމަކީ ހައްލެއް ހެއްޔެވެ؟ މިހާލަތައް މިއައީ މިއަދު ހެއްޔެވެ؟ ހަމައެއާއިއެކު މިހާލަތުން މުޖުތަމައު ސަލާމަތްކުރުމުގައި މިސަރުކާރުގެ ދައުރު އެބަ އަދާކުރެވޭ ހެއްޔެވެ؟ހުޅުވައިލެވިފައިވާ ސިކުނޑިއެއް ބޭނުންކޮށްގެން މުޖުތަމައުއާއިމެދު ކޮންމެ މީހަކުވެސް ވިސްނައިލުން ކީއްހެއްޔެވެ؟ ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަތަކާއި އިނާޔަތްތައް ނަގައި އެވަރުން ނުފުދިގެން ރައްޔިތުންގެ ފިނިކުރި ވެހިކަލްތަކުގައި ދުއްވާ މީހުން، ބޭނުންކުރާ އިނާޔަތްތަކާއިމެދު ސުވާލުކުރެވޭނެ ދުވަހެއް އޮތްކަމާއިމެދު އިތުރަށް ވިސްނައިލުން ކީއްބާވައެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް