އެމްޓީސީސީ އިން ކޯސްޓްގާޑަށް 5 ޑައިވިންގ ގިއަރ ކިޓް ހަދިޔާކޮށްފި

އެމްޓީސީސީ އިން ކޯސްޓްގާޑަށް 5 ޑައިވިންގ ގިއަރ ކިޓް ހަދިޔާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

އެމްޓީސީސީ އިން ހިންގާ މަޝްރޫއުތަކަށް އެމްއެންޑީއެފުން ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމުގެ އަގުވަޒަންކޮށް އެމްޓީސީސީ އިން އެމްއެންޑީއެފް ކޯސްޓްގާޑަށް 5 ޑައިވިންގ ގިއަރ ކިޓް ހަދިޔާކޮށްފިއެވެ.

އެމްޓީސީސީ މައި އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި މިކިޓްތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފް އުމަރުއެވެ. މި ކިޓްތައް އެމްއެންޑީއެފް އާއި ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ އެމްޓީސީސީ އިން ކުރި އަގުހުރި ހަދިޔާއެޢް ކަަމަށާއި މި ކިޓްތައް ކޯސްޓްގާޑަށް މިލިބުނީ މިފަދަ އެހީތެރިކަމަކަށް ވަރަށް ބޮޑަށް ބޭނުނުވެފައިވާ ވަގުތެއްގައި ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މާލީ ދަތިތަކާއިހުރެ މިފަދަ އަގުބޮޑު ތަކެތި ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި އެފަދަ ހާލަތެއްގައި ވަނިކޮށް އެމްޓީސީސީ އިން މިދިން ހަދިޔާއަކީ ވަރަށް އަގުބޮޑު ހަދިޔާއެއްގެ ގޮތުގައި ފާހަގަކުރައްވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޓީސީސީއަކީ އެކުންފުންޏާއި ހަވާލުކުރެވޭ މަސައްކަތްތައް ވީހައި ކުޑަ ޚަރަދަކުން ކުރަން މަސައްކަތްކުރާ އަދި ކުރާ މަސައްކަތްތަކުގެ ފެންވަރު މަތިކުރަން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ މަޝްރޫއުތައް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި ކާމިޔާބުކަމާއިއެކު ހިންގަމުން ގެންދާ ކުންފުންޏެއް ކަމަށެވެ. ހަމައެއާއިއެކު އެމްޓީސީސީ އިން ގެންދަނީ ކޮންމެ ރަށެއްގައި ވެސް އިޖުތިމާޢީ ގޮތުން ގިނަ އަދަދެއްގެ ކަންކަން ހިލޭ ސާބަހަށް ކޮށްދެމުންކަންވެސް އާދަމް ޝަރީފް ފާހަގަކުރެއްވެވިއެވެ.

"މިސަބަބުތަކަށްޓަކައި އެމްޓީސީސީއަކީ ދިވެހިން ފަޚުރުވެރިވާފަދަ ކުންފުންޏަކަށް މިއަދު ވަނީ ވެފަ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގަ އެމްޓީސީސީގެ އިސްވެރިން އަދާކުރައްވަމުން ގެންދަވާ ދައުރު އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރަން ބޭނުން."

ސީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ އެކުންފުނިން ހިންގާ ވަރަށް ގިނަ އަދި ވަރަށް ބޮޑެތި މަޝްރޫއުތައް ހިންގުމަށް އެމްއެންޑީއެފުގެ އެހީތެރިކަން އަންނަނީ ލިބެމުން ކަމަށެވެ. އެގޮތުން މިދިއަ އަހަރު އެކުންފުނިން ހިންގި ބޮޑެތި މަޝްރޫއުތަކުގެތެރެއިން އިއްޒުއްދީން ފާލަން އެޅުމުގެ މަޝްރޫއު ހިންގުމުގަ އާއި ރަސްފަންނު ތަރައްޤީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެމްއެންޑީއެފުން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ އެކުންފުނީގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތކުގެ އަގު އަބަދުވެސް އެމްޓީސީސީ އިން ފާހަގަ ކުރާނެ ކަމަށެވެ. "މީގެ ކުރިންވެސް އަޅުގަނޑުމެންވާނީ އެމްއެންޑީއެފަށް ފެން ހިއްކާ 2 ޕަމްޕް ވެސް ހަދިޔާކޮށްފަ. ކުރިއަށް އޮތް ތަނުގައިވެސް ކުންފުނީގެ ޤާބިލުކަން ހުންނަ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނީ."

މިރަސްމިއްޔާތުގައި ކޯސްޓް ގާޑުގެ ކޮމާންޑިންގ އޮފިސަރ މޭޖަރ މުޙައްމަދު އިބްރާހީމް އާއި ކޯސްޓް ގާޑާއި އެމްޑީއެފްގެ ބައެއް އިސްވެރިންނާއި އަދި އެމްޓީސީސީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންެނެވިއެެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް