ދިރާގުން 'ސްމާޓް ހޯމް' ގެ ޕެކޭޖުތައް ތަޢާރަފްކޮށްފި

ދިރާގުން 'ސްމާޓް ހޯމް' ގެ ޕެކޭޖުތައް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިރިއުޅުން ލުއިފަސޭހަ ކުރުމަށް މަގުފަހިކޮށްދޭ 'ސްމާޓް ހޯމް' ގެ ހިދުމަތް، ޕެކޭޖް ޕްރޮޑަކްޓެއްގެ ގޮތުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރާގުން ތަޢާރަފްކޮށްފިއެވެ.

'ސްމާޓް ހޯމް' ގެ ހިދުމަތަކީ ސަމާރޓް މޯބައިލް ފޯނެއް، ޓެބްލެޓެއް ނުވަތަ އެނޫންވެސް ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް ގޭތެރޭގައި ބޭނުން ކުރާ ތަފާތު އިލެކްޓްރޯނިކް ތަކެތި ކޮންޓްރޯލް ކުރުމުގެ ބާރު ކަސްޓަމަރުންގެ އަތަށް ގެނެސްދޭ ހިދުމަތެކެވެ.

އެގޮތުން އެ ކަސްޓަމަރެއްގެ ސްމާޓް ޑިވައިސް އަށް އަޅައިދެވޭ އެޕްލިކޭޝަނެއް މެދުވެރިކޮށް ގޭތެރޭގައި ބޭނުން ކުރެވޭ ލައިޓު، އޭސީ، ދޮރުފޮތި، ސާވެއިލަންސް ސިސްޓަމް އަދި ޓީވީ ފަދަ ތަފާތު ވަސީލަތްތައް ފޯނަށް ފިތާލާ ފިތާލުމަކުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ދިރާގުން
މައުލޫމާތުދެއެވެ.
ދިރާގުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ލޯންޗްކޮށްދެއްވުމަފަހު ވާހަކަ ދައްކަވަމުން ދިރާގު މާކެޓިންގ މެނޭޖަރ، ބްރޯޑްބޭންޑް އެންޑް ޑާޓާ ސާވިސަސް މުހަންމަދު ފާހިރު ވިދާޅުވީ، "މި ހިދުމަތަކީ މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުންކުރެވެމުންދާ މަޤްބޫލު ހިދުމަތެއްކަމަށެވެ. ވަކި ވަކި ކަސްޓަމަރުންނަށްވެސް މި ހިދުމަތް ލިބިގަނެވޭނެ ގޮތަކަށް ޕެކޭޖެތަކެއްގެ ގޮތުގައި ރާއްޖޭގައި ތައާރަފް ކުރާ ފުރަތަމަ ކުންފުންޏަކަށް ދިރާގު ވުމަކީ އެކުންފުނިން ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި އަދި މި ހިދުމަތް ލިބިގަތުމަށް ހުރިހާ ޑިވައިސް ތަކަކީ ސްމާޓް ޑިވައިސް ތަކަކަށް ވާކަށް ނުޖެހޭނެ ކަމަށެވެ.

ސްމާޓް ނޫން އާދައިގެ ބޮތްކެއްވެސް މި ހިދުމަތުގެ އެހީގައި 'ސްމާޓް' ކޮށްދެވޭނެ ކަމަށްވެސް ފާހިރު ވިދާޅުވިއެވެ.


މި ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭ ޑިވައިސްތަކަކީ، ޗައިނާގެ ބްރޯޑްލިންކް ކުންފުނީގެ ޑިވައިސްތަކެކެވެ. ބްރޯޑްލިންކަކީ ސްމާޓް ހޯމް އޮޓޮމޭޝަންގެ ހިދުމަތަށް ޙާއްސަ ކުންފުންޏެކެވެ.

ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ، 'މިކަން ކުރުމަށް ކޮންމެހެން ގޭތެރޭގައި ހުންނާކަށް ނުޖެހޭނެ ކަމަށާއި ގެއިން ބޭރުގައި ހުންނަ ވަގުތުތަކުގައިވެސް ގޭތެރޭގައި ހުންނަ މި ފަދަ ވަސީލަތްތަށް ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އިމްޖާދު ވިދާޅުވީ މި ހިދުމަތް ބޭނުން ފުޅުވާ ފަރާތްތަކުން 'ސްމާރޓް ހޯމް' ހިދުމަތައް އެދިވަޑައިގަތުމުން، ދިރާގުގެ ބްރޯޑްބޭންޑް ކަނެކްޝަނެއް ހުރި ކޮންމެ ތަނެއްގައި އެ ބޭފުޅަކު ނަންގަވާ ޕެކޭޖެއްގައި އެކުލެވޭ އެކި ޑިވައިސްތައް އެ ކަސްޓަމަރެއްގެ ގޭގައި ސެޓަޕް ހަދައިދިނުމުގެ ހިދުމަތްވެސް ދިރާގުން ފޯރުކޮށްދޭނެ ކަމަށެވެ.

މި ހިދުމަތަކީ ދިރާގުން 2015 ވަނަ އަހަރުގެ ކަނެކްޓް ފެއަރގައި ކަސްޓަމަރުންނަށް ދައްކާލާފައިވާނެ ހިދުމަތެކެވެ. އެއާއިއެކު ދިރާގުން މިހާރު މި ހިދުމަތް ވަނީ ތަފާތު 5 ޕެކޭޖަކާއި އެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މި ހިދުމަތުގައި ހިމެނޭ ޕެކޭޖުތަކަކީ، ސްމާޓް ހޯމް ބޭސިކް، ސްމާޓް ހޯމް ސްޓޭންޑަޑް، ސްމާޓް ހޯމް ޕްލަސް، ސްމާޓް ހޯމް ޕްރިމިއަމް، އަދި ހޯމް ސެކިއުރިޓީ ކިޓެވެ. މިއިން ކޮންމް ޕެކޭޖަކީ، 6 މަސް ދުވަސް، 12 މަސް ދުވަސް، އަދި 18 މަސް ދުވަހަށް ބަހާލައިގެން ލާރި ދެއްކުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ޕެކޭޖްތަކެއް ކަމަށް ދިރާގުން
މައުލޫމާތުދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު