ވަގުތީ ބްރިޖްތައް ނެގުމުން ގަޑިއަކު 30،000 މީހުންނަށް ޠަވާފް ކުރެވޭނެ

ވަގުތީ ބްރިޖްތައް ނެގުމުން ގަޑިއަކު 30،000 މީހުންނަށް ޠަވާފް ކުރެވޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ޙައްރަމްފުޅު ސަރަހައްދުގައި މަޠާފްގެ ވަގުތީ ބްރިޖްތައް ނެގުމުން ގަޑިއަކު 30،000 މީހުންނަށް ޠަވާފް ކުރެވޭނެއެވެ. މިއީ ކުރިން ކުރިން ޠަވާފްކުރެވޭ އަދަދަށްވުރެ 20،000 މީހުން އިތުރު އަދަދެކެވެ.

މަތާފް ވަގުތީ ބްރިޖްތައް ނަގުމުގެ މަސައްކަތް ފެށުމަށް ސައުދީ ރަސްގެފާނު އަމުރުފުޅު ކުރެއްެވެވީ ޙަރަމްފުޅު ސަރަހައްދުގައި އެ ސަރަހައްދު ބޮޑުކުރުމަށް ކުރަމުން ގެންދިއަ މަސައްކަތްތައް މިހާރު ނިމިފައިވާތީއެވެ.

ޙަރަމްފުޅުގެ ކަންކަން ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހުންނެވި ފަޟީލަތުއްޝައިޚް ޢަބްދުއްރަޙްމާން އަލް ސުދައިސް ވިދާޅުވީ މަސައްކަތް މިހައި އަވަހަށް ފުރިހަަމަކުރެވުނީ އެކަމަށް ސަލްމާން ރަސްގެފާނު ދެއްވެވި ސަމާލުކަން ބޮޑުކަމުން ކަމަށެވެ.

ހައްޖު މޫސުން ނޫން ނަމަވެސް ޙަރަމްފުޅު ސަރަހައްދު މިހާރަކަށް އައިސް އަަބަދުވެސް އޮންނަނީ ފުރިފައެވެ. ޢުމުރާވުމަށް ގިނަ ބައަކު އަބަދުވެސް ދާތީއެވެ.
ޢުމުރާ ވުމަށް މިވަގުތު ގޮސްހުރި މެލޭސިޔާގެ މީހަކު މިއަދުނޫހަށް މައުލޫމާތު ދެމުން ބުނީ ޙަރަމްފުޅުގެ ސަރަހައްދު މިހާރުވެސް އޮންނަނީ ފުރި ބާރުވެފައި ކަމަށާއި ނަމާދުކުރުމަށް ޖާގަ ލިބެނީ އެތައް އިރެއް ކުރިއަށް ދިއުމުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް