އެސްޓީއޯ ރަމަޟާން ބާޒާރާ ޔޫރޯ ފޯރިއާ 2016 ފަށައިފި

އެސްޓީއޯ ރަމަޟާން ބާޒާރާ ޔޫރޯ ފޯރިއާ 2016 ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ކޮންމެ އަހަރަކު ވެސް ރަަމަޟާން މަހަށް ޚާއްޞަކޮށްގެން ވީހައި ހެޔޮ އަގުތަކުގައި އެސްޓީއޯ އިން ވިއްކާތަކެތި ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ ރަމަޟާން ބާޒާރާއި ޔޫރޯ ފޯރިއާ މިއަހަރުވެސް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޖޫން މަހުގެ 16 ވަނަ ދުވަހަށް ކުރިއަށް ގެންދާ ރަމަޟާން ބާޒާރުގައި ވަރަށް ބޮޑެތި ޑިިސްކައުންޓުތަކެއް ލިބޭނެ ކަމަށެވެ. މިގޮތުން ރަމަޟާންމަހަށް ގިނަ ބައަކު ބޭނުންވާ ބަދިގޭ ސާމާނާއި ގެތެރޭގެ ސާމާނު މި ޕްރަމޯޝަނުގައި ޚާއްޞަ ޑިސްކައުންޓުތަކާއިއެކު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެއާއިއެކު ޔޫރޯ ޔޫރޯ ފޯރިއާ އާއި ދިމާކޮށް ފިލިޕްސް، ހީޓާޗީ އަދި ސަމްސުންގ ޓީވީތަކުން ބޮޑެތި ޑިސްކައުންޓުތަކާއިއެކު ބޮޑެތި އިނާމުތަކެއްވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިތިން ބްރޭންޑްގެ ބާވަތްތައް ގަތުމުން ލިބޭ އިނާމުގެތެރޭގައި ޓީވީ، ދޮންނަ މެޝިން، ރެފްރިޖިރޭޓަރ، އަދި މޯބައިލް ފޯނުވެސް ހިމެނެއެވެ.

މިޕްރަމޯޝަން ކުރިއަށް ގެންދާއިރު ބައެއް ބާވަތްތައް ގަތުމުން ވަގުތުން އިނާމު ލިބޭ ޕްރަމޯޝަންތަކެއްވެސް ކުރިއަށް ގެންދާނެއެވެ.
އެސްޓީއޯ އިން ބުނީ މި ޕްރަމޯޝަން ކުރިއަށްގެންދާއިރު ޕްރަމޯޝަންގެ މައުލޫމާތު ދިނުމަށް ރޯޑް ޝޯތަކާއި ޑެމޯ ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޕްރަމޯޝަން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ އިތުރުން އެސްޓީއޯގެ 13 ރީޖަނަލް ފިހާރައިގައިވެސް ކުރިއަށް ގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް