ދިރާގުގެ 'ދަ ބިގް ބައިޓް ގިފްޓް' - ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް % އިތުރު ޑާޓާ އެލަވަންސް

ދިރާގުގެ 'ދަ ބިގް ބައިޓް ގިފްޓް' - ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް % އިތުރު ޑާޓާ އެލަވަންސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 ގެ އިތުރު ޑާޓާ އެލަވަންސް، މި ހިނގާ އޭޕްރިލް މަހާއި އަންނަ މެއި މަހު ދިނުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުން މައުލޫމާތު ދެއްވި ގޮތުގައި، މި އޭޕްރިލް މަހުގެ އެލަވަންސަށް އެ ބޭފުޅަކު މިހާރު ބޭނުން ކުރައްވަމުން ގެންދަވާ ޕެކޭޖުގެ %25 އިތުރު ޑޭޓާ މިހާރުން ފެށިގެން ލިބިފައިވާނެ ކަމަށާއި، އަދި މެއި މަހުގެ %25 އެލަވަންސް މެއި މަހުގެ 1 ވަނަ ދުވަހު ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.


އެގޮތުން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ފައިބަރ، އަލްޓްރާ ފާސްޓް، އަދި އޭޑީއެސްއެލްގެ ހިދުމަތް ބޭނުން ކުރައްވަމުން ގެންދަވާ ހުރިހާ ރެސިޑެންޝަލް އަދި ބިޒްނަސް ކަސްޓަމަރުންނަށްވެސް ދިރާގުގެ 'ދަ ބިގް ބައިޓް ގިފްޓް' ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މި ހަދިޔާއަކީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ބޭނުންކުރައްވަމުން ގެންދަވާ ކަސްޓަމަރުންގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް އަލަށް ނަންގަވާ ކަސްޓަމަރުންނަށްވެސް ލިބިވަޑައިގަންނަވާނެ ހަދިޔާއެއް ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއްވައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު