4 ރަތްކާޑާއެކު ދެމަފިރިން ވަކިވުމުން މުދާ ބަހަންޖެހޭ ގޮތަށް ޤާނޫނު ފާސްކޮށްފި

4 ރަތްކާޑާއެކު ދެމަފިރިން ވަކިވުމުން މުދާ ބަހަންޖެހޭ ގޮތަށް ޤާނޫނު ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ޢާއިލާއާބެހޭ ޤާނޫނަަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން އަލުން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކޮށްފިއެވެ.

އިޞްލާޙް ފާސްކުރީ 50 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 4 މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅު ނުވާކަމަށް 5 މެންބަރަކު ވޯޓްދެއްވާފައިވެއެވެ.

މިބިލަކީ އިސްލާމް ދީނުގެ އަސްލާ ތަޢާރަޒްވާ އިސްލާހެއް ކަމަށް ވަކާލާތު ކުރެއްވި މެންބަރުންގެތެރޭގައި ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. މި ދެ މެންބަރުންގެ އިތުރަށް ބިލަށް ރަތް ކާޑު ދެއްކެވީ އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އިބްރާހީމް އާއި އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު އެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުއެވެ. މި ރިޕޯޓަށް 13 މެންބަރަކު ވާހަކަދެއްކިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި، 25 ނޮވެންބަރު 2015 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައިވަނީ، ދިރާސާކުރެއްވުމަށް އަލުން އަނބުރާ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް