އަމިއްލަ ކުންފުނިތަކަށްވެސް ފައިސާ ލިބޭނެކަމުގެ ޔަޤީންކަން ބޭނުންވޭ

އަމިއްލަ ކުންފުނިތަކަށްވެސް ފައިސާ ލިބޭނެކަމުގެ ޔަޤީންކަން ބޭނުންވޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ފައިސާ ހޯދުމުގެ ދަތިކަން މިހައި ބޮޑުވެ ކަންބޮޑުވާންޖެހޭ މިންވަރަށް ކަންކަން ގޮސްފައިވާއިރު އަމިއްލަ ކުންފުނިތަކަށް ވެސް ފައިސާ ލިބޭނެ ކަމުގެ ގަރަންޓީ ބޭނުންވެއެވެ. އެކަމަށް ސަރުކާރާއި ކޯޓުތަކުގެ އެހީތެރިކަން ވެސް ބޭނުންވެއެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަރަންޓީ ފައިބަރ އިން ދާދިފަހުން ވިއްކި ދޯންޏަކަށް މިފަދަ މައްސަލައެއް ވަނީ ކުރިމަތިވެފައެވެ.

އެކުންފުނިން މައުލޫމާތުދިން ގޮތުގައި ދޯންޏެއް އެކުންފުނިން ވިއްކީ އެހައިތަނަށް މަސައްކަތް ނިންމައިފައިވާ މިންވަރު އެއީ ދޯނީގެ މަސައްކަތް އެކުންފުނިން ފުރިހަމަކުރާނެ މިންވަރު ކަމަށް ކަނޑައަޅައި އެއްބަސްވުމެއްގެދަށުންނެވެ. އިތުރު މަސައްކަތެއް ކުރާނަމަ އެ މަސައްކަތަށް އިތުރު އަގު ދައްކަންޖެހޭނެ ކަމަށް އެއްބަސްވުގެންނެވެ.

ދޯނި ގަތް ފަރާތުން ބޭނުންވި ވަރަށް އިތުރަށް މަސައްކަތް ކުރުވާފައި ދޯނި ގެންދަން ބޭނުންވުމުން އެކުންފުނިން ވަނީ އިތުރު މަސައްކަތަށް ފައިސާ ދެއްކުމަށް އެދިފައެވެ. ނަމަވެސް ފައިސާ ދެއްކުމުގެ ބަދަލުގައި ކޯޓުއަމުރެއް ހޯދައިގެން ވަނީ ދޯނި ގެންގޮސްފައެވެ. ދައްކަން އެއްބަސްވި އެއްވެސް ފައިސާއެއް ދެއްކުމެއް ނެތިއެވެ.

ގަރަންޓީ ފައިބަރ އިން ބުނީ އެހިސާބުން ދޯނި ގަތް ފަރާތާއި އެކުންފުންޏާއި ގުޅުން ކެނޑިފައިވާ ކަމަށެވެ. އަދި ފައިސާ ހޯދަން މަސައްކަތް ކުރެވޭނެ ގޮތަކާއިމެދުގައިވެސް ޝައްކުތައް އުފެދިފައި ކަމަށެވެ.

ފައިސާގެ މުއާމަލާތްތަކުގައި އަމިއްލަ ކުންފުނިތަކަށްވެސް ހިމާޔަތާއި ކަށަވަރުކަން ނުލިބޭނަމަ އެކަމުގެ ދަތިކަން ޢާންމުކޮށް ހުރިހައި ފަރާތްތަކަށް ކުރާނެކަން ޤަބޫލުކުރަންޖެހެއެވެ.

އެހެންކަމުން މިއީ ރާއްޖޭގެ ވިޔަފަރީގެ ސިނާއަތް އިތުރަށް ފުޅައުކުރަން މަސައްކަތްކުރާއިރު އިތުރަށް ވިސްނަންޖެހިފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

ކޮންމެ މަސައްކަތެއް ކުރުވުމަށްފަހު މަސައްކަތަށް އަގު ނުދައްކައި ކޯޓު އަމުރެއްގެދަށުން ތަކެތި ގެންދެވޭ އުޞޫލަކަށް ކަންކަން ނިމިގެންދާ އުޞޫލެއް އޮންނަނަމަ މަސައްކަތްކޮށްދޭ ވޯކްޝޮޕްތަކާއި ފެކްޓަރީތަކާއި ގަރާޖްތަކުން އަބަދުވެސް އުޅެންޖެހޭނީ ކޯޓުގައި ކަމަށް ބެލެވެއެވެ. އެހާލަތުގައި ކުރިމަތިވާނެ މައްސަލަތައް ވަރަށް ގިނަވާނެ ކަމަށްވެސް ޤަބޫލުކުރަންޖެހެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް