ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ގައްބެ ހަމަޖައްސައިފި

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ގައްބެ ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް އަބްދުލްގަފޫރު ޢަލީ، ގައްބެ ހަމަޖައްސައިފިއެވެ.

ދިރާގުގައި ދާދި ދެންމެ ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ބްރޭންޑް އެމްބެސެދަރުކަން ގައްބެ އާއި ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު އެވެ.

އިސްމާޢީލް ރަޝީދު ވިދާޅުވީ ގައްބެއަކީ ވަރަށް ޚާއްޞަ ދިވެހި ޝަޚްޞިއްޔަތެއް ކަމަށާއި ދިރާގުގެ ސަބަބުން މުޅި ރައްޖެއަށް ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަ ކަމަށެވެ. ޚާއްޞަކޮށް މޫދުކުޅިވަރުތަކަށް ދިވެހިންގެ ސަމާލުކަން އިތުރުވެފައިވާ ކަމަށާއި ގައްބެއަކީ އެދާއިރާއަށް ޒުވާނުން ތަމްރީނުކޮށް މީހުން އުފައްދަން މަސައްކަތްކުރާ ޒުވާނެއް ކަމަށެވެ.

އިސްމާޢީލް ރަޝީދު ވިދާޅުވީ ކެޓަމަރާނެއްގައި ރާއްޖެ ވަށައި ބުރެއް ޖެހުމަކީ އަދި މިހައިތަނަށް އެއްވެސް މީހަކަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށާއި އެފަދަ މުހިންމު ކަމެއް ގައްބެ ފަދަ ދިވެއްސަކު ކުރުމުން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އިސްމާޢީލް ރަޝީދު ވިދާޅުވީ ދިރާގުން އެމްބެސަޑަރުކަން ކަނޑައަޅަނީ މީހާގެ ޝަޚްޞިއްޔަތަށް ވަރަށް ބޮޑަށް ބެލުމަށްފަހުގައި ކަމަށާއި ގައްބެ އަކީ ފާހަގަކޮށްލެވޭ ޚައްޞަ ވަރަށް ގިނަ ސިފަތަކެއްގެ ވެރިއެއް ކަމަށެވެ. އެގޮތުން ޞިއްޙަތަށް ގެއްލުންހުރި އެއްވެސް އެއްޗެއް ބޭނުން ނުކުރުން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ.

މިރަސްމިއްޔާތުގައި އަބްދުލްގަފޫރު ޢަލީ ގައްބެ ވިދާޅުވީ ދިރާގަކީ ސަލާމަތާއި ރައްކައުތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ކުންފުންނެއް ކަމަށެވެ.

އަދި އޭނާ ރާއްޖެ ވަށައި ކުރި ދަތުރުގައި އެންމެ ފަހުގެޓްރެކިންގ ޑީވައިސްއެއް ހަރުކޮށްދިން ކަމަށާއި ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ގުޅައިލެވޭނެ ސެޓެލައިޓު ފޯނެއް ދީފައިވާ ކަމަށެވެ. އެހެންކަމުން ދިރާގު ފަދަ މުހިންމު ކުންފުންޏެއްގެ އެމްބެސެޑަރުކަން ލިބިވަޑައިގަތުމުން އުފާފުޅު ކުރައްވާ ކަމަށެވެ.

ދިރާގަށް އިތުރު ކުރިއެރުން ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ގައްބެ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް