ބީއެމްއެލް މިއަހަރު ފެށީ 90% ކުރިއެރުމާއެކު

ބީއެމްއެލް މިއަހަރު ފެށީ 90% ކުރިއެރުމާއެކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް ގެ މާލީ ހާލަތު ކުރިއަރަމުންދާ އިރު މި އަހަރު ފަށައިގަނެވިފައިވަނީ މިހާތަނަށް އެންމެ ރަނގަޅު އަހަރުގެ ގޮތުގައެވެ. މިއަދު ނެރުނު ބީއެމްއެލްގެ ފުރަތަމަ ކުއާޓަރ ރިޕޯޓް ދައްކާ ގޮތުން ސާފު ފައިދާ ( ޓެކްސް އަށް ކެނޑުމުގެ ކުރިން) ވަނީ 281 މިލއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ ފުރތަމަ ކުއާޓަރ އާ އަޅާބަލާއިރު %90 ގެ ކުރިއެރުމެކެވެ.

ބޭންކުން މި ރިޕޯޓް ނެރުނު އިރު ދާދިފަހުން ބޭންކުންވަނީ ބޭންކުގެ 2015 ވަނަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހާމަކޮށްފައެވެ. މި ހިސާބުތަކަށް ބަލާއިރު ޖެހިޖެހިގެން 3 ވަނަ އަހަރަަށް ބޭންކުގެ ބޯޑުންވަނީ ރިކޯޑް އަދަދަކަށް ހިއްސާގެ ފައިދާ ބަހަން ހުށަހަޅާފައެވެ. މާލީ ގޮތުން ބޭންކަށް ލިބެމުން އަންނަ ކުރިއެރުން 2016 ވަނަ އަހަރުވެސް ކުރިއަރުމުންދާކަން ފުރަތަމަ ކުއާޓަރ ރިޕޯޓުން ހާމަވެއެވެ. މިގޮތުން ދޫކޮށް ފައިވާ ލޯނު އިތުރުވެ ރަނގަޅުވަމުންދާއިރު ރައުސުލްމާލުގެ މިންވަރުވެސް ވަނީ ގާނޫނުން ލާޒިމްކުރާ މިންގަޑުތަކަށްވުރެ އިތުރަށްބެހެއްޓިފައެވެ.

ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ހިންގާ 300 މިލިއަން ރުފިޔާގެ ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ފުރަތަމަ ކުއާޓަރ ގައި އާ ދެ ބްރާންޗް، 5 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ބާރުއެޅުވުމުގެ ގޮތުން އާ ގްރީން ލޯން ފަންޑެއް ތައާރަފްކުރެވި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮންލައިންކޮށް ރައްކާތެރިކަމާއެކު ފައިސާ ލިބޭނެ މަގުތަނަވަސްކޮށްދިނުމުގެ ގޮތުން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ވަނީ ތަޢާރަފްކޮށްފައެވެ. އަލަށް ބްރާންޗް ހުޅުވިފައިވަނީ ނުހަނު ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ކ. މާފުށީ އާއި ރާއްޖޭގެ ފުރަތަމަ "ގްރީން ބޭންކް ބްރާންޗް" ގެ ގޮތުގައި ވ. ފެލިދޫގައިއެވެ. މިހާރު ބޭންކުން މިވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗެއް ގާއިމްކޮށްފައެވެ.

ފުރަތަމަ ކުއާޓަރގެ ނަތީޖާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މާލީގޮތުން މިދިއަ އަހަރު ލިބުނު ކުރިއެރުންތައް 2016 ވަނަ އަހަރު ގައިވެސް ފެންނަން ފެށުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކަންތައްތައް އިންވެސްޓްކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. "މިހާރު އަޅުގަނޑުމެންގެ ބްރާންޗެއް ކޮންމެ އަތޮޅެއްގައި އެބަހުރި. ކޮންމެ ރަށަކުންވެސް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައި އެބަހުރި. އެންމެ ވާދަވެރި ޕްރޮޑަކްޓްތަކާއެކު ލޯނުގެ އިންޓްރަސްޓް ރޭޓް މިފަހުން ވަނީ ކުޑަކުރެވިފައި. މި ކުރިއެރުންތަކުގެ ސަބަބުން އިންވެސްޓްކުރުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބިގެންދޭ." ހިލީ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު