އޭޑީކޭގައި މިއަހަރު ގިނަ ޚިދުމަތްތަކެއް ފަށައި ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދޭނެ

އޭޑީކޭގައި މިއަހަރު ގިނަ ޚިދުމަތްތަކެއް ފަށައި ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އޭޑީކޭ ހޮސްޕިޓަލުގައި މިއަހަރު ގިނަ ޚިދުމަތްތަކެއް އިތުރަށް ފަށައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދޭނެ ކަމަށް އޭޑީކޭ ގްރޫޕުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ފުރިހަމަކުރުމަށްޓަކައި ޖަރުމަން ޑިވޮލޮޕްމަންޓް ބޭންކުން ހޯދި 12 މިލިއަން ޑޮލަރާއިބެހޭގޮތުން މައުލޫމާތު ދެއްވަމުން އޭޑީކޭ ގްރޫޕުގެ ޗެއަރމަން އަހްމަދު ނާޝިދު ވިދާޅުވީ މިއީ 18.2 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި 6.2 މިިލިއަން ޑޮލަރު އިކްއިޓީގެ ގޮތުގައި ފަންޑުކުރަނީ އޭޑީކޭ އިން ކަމަށެވެ.

"މީގެ އިތުރުން އަޅުގަނޑުމެންވާނެ 2.7 މިލިއަން ޑޮލަރުގެ ބޭންކު ގަރަންޓީއެއް ދީފަ. ލޯނު އަނބުރާ ދައްކަންޖެހެނީ 2 އަހަރުގެ ގްރޭސްޕީރިއަޑަކާއެކު 10 އަހަރު ދުވަހުން. މި ފަދަ މުއްދަތަކަށް ރާއްޖޭގެ ބޭންކުތަކުން ލޯނު ނުވެސް ލިބޭ." ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ މި ފައިސާ ހަމަޖައްސަން މުއްދަތެއް ނަގައިފިކަމަށާއި ލަސްވެގެން އައީ ކަންކަން ބަލައި ކަށަވަރުކުރަން ޖަރުމަނު ބޭންކުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ޖަރުމަން ބޭންކު ފަދަ ހުރިހައި ކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ބޭންކަކުން މިފަދަ ލޯނެއް ލިބިގެން މިދިއައީ އޭޑީކޭގައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓެމުން އަންނަ ފުރިހަމަކަމުން. އެކަންކަން ބޭރުގެ ފަރާތްތަކުންވެސް ބަލައިގަންނަ މިންގަނޑުތަކަށް ހުންނާތީ."

ނާޝިދު ވިދާޅުވީ މި މަޝްރޫއުގެދަށުން ލޯނު ފައިސާ ދިނުމުގެ އިތުރުުން ޔޫރަޕުގެ ހޮސްޕިޓަލުން ޑޮކްޓަރުންނާއި ފަންނީ މީހުން ބިނާކުރުމަށްވެސް ޖަރުމަން ޑިވޮލޮޕްމަންޓް ބޭންކުން އެހީތެރިވެދޭނެ ކަމަށެވެ.

ނާޝިދު ވިދާޅުވީ މި މަޝްރޫއުގެދަށުން އެހޮސްޕިޓަލުގައި ތަރައްޤީކުރާ 3 ތިއޭޓަރ ހިމެނޭ ތިއޭޓަރ ކޮމްޕްލެކްސް ތަރައްޤީ ކުރެވި އަދި އެންމެ ޒަމާނީ ކެތްލެބެއް ޤާއިމުކުރެވޭނެ ކަމަށެވެ. "ރާއްޖޭގައި އެބަތިބި އޯޕަން ހަރޓް ސަރޖަރީ ހެދޭ ފެންވަރުގެ ޑޮކްޓަރުން. އެހެންވީމާ އަޅުގަނޑުމެން މި ޚިދުމަތް މިފަށަނީ. ތިއޭޓަރ ކޮމްޕްލެކްސް އަށާ ކެތްލެބަށް ބޭނުންވާ ހުރިހައި ތަކެއްޗަކަށް މިހާރު ވަނީ އޯޑަރުކުރެވިފަ. އަންނަ އޯގަސްޓް މަހު ރާއްޖެ ގެނެވޭނެ ކަމަށް މިބަލަނީ."

ނާޝިދު ވިދާޅުވީ މިބައިތައް ފުރިހަމަކުރެވުމުން އޭޑީކޭގައި 5 އޮޕަރޭޝަން ތިއޭޓަރ ހުންނާނެ ކަމަށެވެ. އަދި އެއާއި ގުޅޭ އިތުރު ވަރަށް ގިނަ ޚިދުމަތްތައްވެސް ފުރިހަމަކުރެވިގެންދާނެ ކަމަށެވެ. "އޭޑީކޭގައި މިހާރު ހުންނާނީ އެންމެ ޒަމާނީ ފެންވަރުގެ އައިސީސީޔޫއެއް. ހަމައެއާއިއެކު މިހާރު މިތަޢާރަފްކުރަނީ 12 އެނދުގެ އެޗްޑީޔޫއެއް. އެއީ އޮޕަރޭޝަންތަކަށްފަހު ޑޮކްޓަރުން ބޭނުންވާ މުއްދަތުގައި ޕޭޝަންޓުން ބައިތިއްބަން. އަދި ކްރިޓިކަލް ކެޔަރ ޔުނިޓެއްވެސް ޤާއިމުކުރެވިގެންދާނެ."

ނާޝިދު ވިދާޅުވީ މި ޚިދުމަތްތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ޚިދުމަތްތަކަށް ޚާއްޞަ ބައަކާއި ދަރިމައިވުމާއި ބެހޭ ޚާއްޞަ ކްލިނިކެއް މިހާރު ނިންމަެމުންގެންދާ 10 ބުރި އިމާރާތުގައި ހުޅުވޭނެ ކަމަށެވެ.

އިތުރު 10 ބުރީގެ އިމަރާތެއް އޭޑީކޭގައި އަޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ނާޝިދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"މިޚިދުމަތްތަކާއިއެކު މިހާރަށް ރާއްޖެއަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް އޭޑީކޭ އިން ލިބެން ހުންނާނެ. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ މުޅިން އިތުރު ހަރުފަތްތަކަކަށް ގެންދިއުން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން މި ފުރިހަމަ މިކުރަނީ." ނާޝިދު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް