ދިރާގު ރޯދަ ބޮޑު ހަދިޔާގެ 4 ވަނަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމު ހަވާލުކޮށްފި

ދިރާގު ރޯދަ ބޮޑު ހަދިޔާގެ 4 ވަނަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމު ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ދިރާގު ރޯދަހަދިޔާ ޕްރޮމޯޝަން 1437 ގެބޮޑުހަދިޔާގެ 4 ވަނަ ހަފްތާގެ ނަސީބުވެރިޔާ އާއި އިނާމް ހަވާލުކޮށްފިއެވެ.

ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ މިޕްރޮމޯޝަންގައި، ދިރާގު ގެ ހުރިހާ މޮބައިލް އަދި ފިކްސްޑްބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެ އަގުހުރި އިނާމެއް ލިބުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ލައިވްކޮށް ނެގޭ ގުރުއަތުން އެލްޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޑްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، އަދި ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާއިއެކު ޖުމްލަ 65000 ރުފިޔާއަށް ވުރެ އަގު ހުރި 'އެލްޖީ ހޯމް ޕެކް' އެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބިގެންދާނެއެވެ.

އެގޮތުން މި ހުކުރުދުވަހު ހަވީރުގެ ޕްރޮގްރާމްގައި4 ވަނަ ހަފްތާގެ ނަސީބުވެރިޔާ،ޏ.ފުވައްމުލަކު ދޫޑިގަން، އަލިވާގެ އަލީ މުހަންމަދަށް ރަސްމީކޮށް އިނާމް ހަވާލުކޮށް، 5 ވަނަ ހަފްތާގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ. އެގޮތުން މި ހަފްތާގެ މި ބޮޑު ހަދިޔާ ހޯއްދެވި ފަރާތަކީހ. ޓްވައިލައިޓް އިން، އައިމިނަތު ގުރައިޝާއެވެ.

ދިރާގުގެ ރޯދަ ބޮޑު ހަދިޔާ ޕްރޮމޯޝަން ރިފްސައިޑާއި ގުޅިގެން ކުރިޔަށްގެންދާއިރު ރީފްސައިޑަކީ ރާއްޖޭގައި އެލްޖީގެ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

ހަމަ އެޔާޢިއެކު ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގާ ތަފާތު ޕްރޮމޯޝަން ތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެޗްއައިއެޗް އިން 5 ބޭފުޅަކަށް ލިބިލައްވާ ރޯދަވިއްލުމުގެ 4ވަނަ ހަފްތާގެ ނަސީބުވެރިޔާއާއި ވެސް ވަނީ މިއަދުގެ ޕްރޮގްރާމުގައި ވަނީ އިނާމު ހަވާލުކޮށްފައެވެ.
އެގޮތުން މި ޕްރޮމޯޝަންގެ މި ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީމ. ޑައިމަންޑްވިލާ، މުހަންމަދު ރަފީޤު ހަސަނެވެ.

މި ޕްރޮމޯޝަނަކީ‘iftar’ ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކުރައްވައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނު ޕްރޮމޯޝަނެކެވެ. .

ކުރައްވާ ކޮންމެ އެސްއެމްއެސް އަކަށް 1 ރުފިޔާ ޗާޖު ކުރެވުނު މި ޕްރޮމޯޝަން ވޭތުވެދިޔަ ބުދަ ދުވަހުގެ ނިޔަލަށް ނިމިފައިވާއިރު، އެސްއެމްއެސް އިން ލިބުނު ހުރިހާ ފައިސާއެއް، ދިރާގުގެ ކަސްޓަމަރުންގެ ނަމުގައި ފިތުރު ޢީދު ދުވަހު ކ.ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރެވޭނެކަމަށް ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވިއެވެ.

އޭގެ އިތުރުން މިހަފްތާގެ ބޮޑުހަދިޔާ ހޯއްދެވި ފަރާތާވެސް، ފިތުރު އީދު ދުވަހު އިނާމް ހަވާލުކުރެވިގެންދާނެއެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން އަދިވެސް އިތުރު ތަފާތު ޕްރޮމޯޝަންތަކަކާއި ހިދުމަތްތަކެއްވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.އެ ޕްރޮމޯޝަންތަކާއި ހަދިޔާތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް މުޅި ރޯދަމަސް ތެރޭގައި ލިބެމުންދާނެ ކަމަށްވެސް ދިރާގުން މައުލޫމާތުދެއެވެ.

އަދި ކުރިޔަށް މިއޮތް ފިތުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ، މި ފުރުސަތުގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަނީ އަރިސްކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު