އެސްޓީއޯ ސުޕަރމާޓުން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ހަދިޔާދެނީ

އެސްޓީއޯ ސުޕަރމާޓުން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ހަދިޔާދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަރމާޓްގެ ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ހަދިޔާދޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ އެ ކުންފުނީގެ ސުޕަރމާޓްގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު، ސުޕަރމާޓްގެ ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން އެތަނުން ވިޔަފާރި ކުރާ ބޭފުޅުންގެ ތެރެއިން ކޮންމެ ކައުންޓަރަކުން ކޮންމެ 25 ވަނަ ކަސްޓަމަރެއް ހޮވައި އެބޭފުޅަކަށް ސުޕަރމާޓްގެ ބްރޭންޑްތައް ހިމެނޭގޮތަށް ތަފާތު ހަދިޔާތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މީގެ އިތުރުން މި މުއްދަތުގައި އެ ސުޕަމާޓަށް ޒިޔާރަތްކުރާ ކުޑަކުދިންނަށްވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

25 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން އަންނަ މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯ ސުޕަރމާޓްގެ އަހަރީ ދުވަހަކީ ޖުލައި މަހުގެ 25 ވަނަ ދުވަހެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު