އުރީދޫއިން ސެމްސަންގް ގެލެކްސީ ނޯޓް 7 ތައާރަފްކޮށްފި

އުރީދޫއިން ސެމްސަންގް ގެލެކްސީ ނޯޓް 7 ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

އުރީދޫ އިން ވަރަށް ހާއްސަ އޮފާތަކާއި އެކު ސެންސަންގުގެ އެންމެ ފަހުގެ ސްމާޓްފޯން ކަމަށްވާ ގެލެކްސީ ނޯޓް7 ރާއްޖޭގައި ތައާރަފްކޮށްފިއެވެ. މިއަދުން ފެށިގެން އުރީދޫއިން މި ފޯނު ވިއްކަންފަށާފައިވާ އިރު، އުރީދޫ އެކްސްޕީރިއަންސް ސެންޓަރ އިން ފޯނު ބައްލަވައިގަންނަ ކޮންމެ ބޭފުޅަކަށްވެސް 128 ޖީބީގެ އެސްޑީ މެމަރީ ކާޑެއް ލިބޭނެއެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ''އުރީދޫ އިން ޑިޖިޓަލް މޯލްޑިވްސް އަށް ދެމުންގެންދާ އެއްބާރުލުމާއި އެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެއަށް ފަހުގެ ޓެކްނޮލޮޖީތަކާއި ވަސީލަތްތައް ގެނައުމުގެ އެންމެ ކުރީ ސަފުގައި ތިބުމަށް. ސެމްސަންގް އިން އެންމެ ފަހުން ނެރުނު ފޯނުވަނީ ރާއްޖޭގެ ގިނަބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފަ. މިގޮތުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހަމައަށް މި ފޯނު ގެނެސްދިނުމަށްޓަކައި، އަޅުގަނޑުމެންވަނީ ވަރަށް ފަސޭހަ އަދި އަގުހެޔޮ ޕެކޭޖްތަކެއް ތައާރަފްކޮށްފައި'' ކަމަށެވެ.

މާރކެޓްގައި ލިބެންހުރި އެންމެ ރަނގަޅު އަގުގައި އުރީދޫ އިން ސެމްސަންގް ގެލެކްސީ ނޯޓް7 ބައްލަވައިގަނެވޭއިރު، މިކުންފުނިން ތައާރަފް ކޮށްފައިވާ ޕްރީޕެއިޑް ޕްލޭން މެދުވެރިކޮށް، ބައްލަވައިގަނެވުނު ފޯން އާއި އެކު އަހަރެއްތެރޭގައި ބޭނުންކުރެވޭނެ 12 ޖީބީގެ ހިލޭ ޑޭޓާ އާއި ހިލޭ މިނިޓު ލިބިގެންދެއެވެ. މިގޮތުން ކޮންމެ މަހަކުވެސް 1 ޖީބީގެ ހިލޭ ޑޭޓާ އާއިއެކު، 100 މިނިޓުގެ ހިލޭ ކޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސެމްސަންގް ގެލެކްސީ ނޯޓް7 ޙިޔާރުކުރައްވަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް، އުރީދޫ އިން ވަރަށް ހިތްގައިމު އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ތައާރަފްކޮށްފައިވެއެވެ. މީގެތެރޭގައި މަހަކު އެންމެ 890 ރުފިޔާ ދައްކަވައިގެންފޯނު ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި، މަހަކު 1،200 ރުފިޔާ ދައްކަވަންޖެހޭ 6 މަހުގެ އިންސްޓޯލްމެންޓް ޕްލޭން އެއް ހިމެނެއެވެ. މި ޕްލޭންތައް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ނޯޓް 7 ބައްލަވައިގަނެވޭނީ އުރީދޫ ޕޯސްޓްޕެއިޑް 399 އަށް ވުރެ މަތީ ޕެކޭޖެއް ޙިޔާރުކުރަށްވާ ބޭފުޅުންނަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު