ވަގުތީ ފާލަން

ވަގުތީ ފާލަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ފާތިމަތު ސަޢީދު

މަންޒިލެއް ވަގުތީ މިއީ އުޅުނަސް މިތާ އުފަލެއް ނެތޭ
. . . . . މަންޒިލަށް ދާން އުޚުރަވީ ނުގޮވާނެ ފަރުދަކު ހަމަ ނެތޭ،
ކާރުޚާނާތައް ހަދައި މުދަލާއި ފައިސާ ލިބިވިޔަސް
. . . . . ބާރު ދޫކޮށް ބަރުޒަޚުގަ ނޯންނާނެ ފަރުދަކު ހަމަ ނެތޭ،
އުސްބިނާ ގަނޑުވަރު ތެރޭ ރަންދާނުގައި ތިއްބަސް މިތާ
. . . . . ހުސް އެ ފަޅު ސަހަރާތެރޭ ނޯންނާނެ ފަރުދަކު ހަމަ ނެތޭ،
އިނތިހާ އުފަލާއެކީ އަލިމަހުގެ ދާނެއްގައި އޮތަސް
. . . . . ތިންފިލާ ކަފުނުގެ ތެރޭ ނުލެވޭނެ ފަރުދަކު ހަމަ ނެތޭ،
މަސްތަކާ އަދި އަހަރުތައް ބޭކާރުކުރިޔަސް އަދު މިތާ
. . . . . ހަޟްރަތަށް ކުއްތަންވުމަށް ނުފުރާނެ ފަރުދަކު ހަމަ ނެތޭ،
މޮޅުނަމާ ޝަރަފާ ލަގަބު އަދި ރަންމެޑެލް ލިބިފައިވިޔަސް
. . . . . މޮޅު ކަމެއްނެތި ފަސްދަށަށް ނުލެވޭނެ ފަރުދަކު ހަމަ ނެތޭ،
ޢަފްލަތާ ޝިރުކުގެ އަނދިރި ފަރުދާތެރޭ ފޮރުވިފަ ވިޔަސް
. . . . . ހަފުސުވެވި ވެއްޔާ އެކުވެ ނުގިރޭނެ ފަރުދަކު ހަމަ ނެތޭ،
ހަމަހިމޭންކަން ނެތި މިތާ އެކި ކޮޅުކޮޅަށް ދުވެ ހެދިޔަކަސް
. . . . . ރަމަތަވީ އެ އަމާން ބިމަށް ނުފުރާނެ ފަރުދަކު ހަމަ ނެތޭ،
ފާލަމުން ނެތި މަރު ހަނދާން ގަދަފަދަ ކަމާއެކު އުޅުނަކަސް
. . . . . ޢާލަމަށް ދެމިއޮތުމުގައި އޮންނަން ނުދާ ފަރުދަކު ނެތޭ،
ފިޔަދަމައި ވާދީތަކުން އުދުހިފަ މަޖާކޮށް އުޅުނަކަސް
. . . . . ހިޔަލަކަށް ޖަންނަތު ލިބުން ނޭދޭނެ ފަރުދަކު ހަމަ ނެތޭ،
އަލިކަމާ ހުޅުދާންތަކާ ދަންމަރުތަކުން އަދު އަލިވިޔަސް
. . . . . އަލިކަމެއް ނެތް ފަޅުބިމަށް ނުމެދާނެ ފަރުދަކު ހަމަ ނެތޭ،
އެދި ދެދުނިޔޭން ރަޙުމަތާއި ސަޢާދަތާ އަދި މަޢްފިރާ
. . . . . އެދި ދެއަތް އުފުލާ ދުޢާ ނުކުރާނެ ފަރުދަކު ހަމަ ނެތޭ،

‏2016‏-09‏-19

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް