ބެރުޖަހައި، އައުރަ ކަޝްފުކޮށްގެން ނުނެށިޔަސް އަހަރީ އިނާމު ދެވިއްޖެ!

ބެރުޖަހައި، އައުރަ ކަޝްފުކޮށްގެން ނުނެށިޔަސް އަހަރީ އިނާމު ދެވިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ފަހަކަށް އައިސް ފެންނަ އަހަރީ އިނާމު ދިނުމުގައި ބެރުޖެހުމާއި ތާޅަފިލި ފުމުމާއި އަންހެން ކުދިންގެ އައުރަ ދައްކައިގެން ނެށްޓުވުމާއި ގަޔަށް ބާރު އެއެއްޗެތި ލައްވައިގެން ނެށްޓުވުން ފަދަ ކަންކަން ޢާންމުކޮށް ފެންނަވަރުން އެކަންކަމާއި ނުލައި އަހަރީ އިނާމު ދިނުމުގެ ޖަލްސާތައް ނުބޭއްވޭނެ ކަމަށް ވަނީ ޤަބޫލުކުރެވެން ފަށައިފައެވެ. 


އަރަބިއްޔާ ސްކޫލުން ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާއިން އެފަދަ އެއްވެސް ކަމެއް ނުފެނެއެވެ. ނަމަވެސް އިނާމު ޙައްޤު ހުރިހައި ދަރިވަރުންނަށް އިނާމު ދެވުނެވެ. ކުދިންވެސް އަދި ބެލެނިވެރިންވެސް ތިބީ ރޮވިފައެއްވެސް ނޫނެވެ. ހަމަ އުފަލުން ފޮޅިފައެވެ. އެހެން އެއްވެސް ސްކޫލެއްގެ އިނާމު ދިނުމުގެ ޖަލްސާއިން ނުފެންނަ ކަމެއްވެސް ރޭ ފެނުނެވެ. އެއީ މާތްﷲގެ ރަޙްމަތަށް އެދި ދުޢާކުރުމެވެ. ޤައުމަށާއި ސްކޫލަށާއި ދަރިވަރުންނަށް ހެޔޮ ރަހްމަތްފުޅު މިންވަރު ކުރެއްވެވުން އެދިއެވެ. 


ޤައުމީ އައު މަންހެޖެއް ހަދައި ދަރިވަރުން ތަރުބިއްޔަތުކުރުމުގެ ވާހަކަ އެޑިޔުކޭޝަން މިނިސްޓަރާއި އެނޫންވެސް ބޭބޭފުޅުން ދައްކަވައެވެ. ނަމަވެސް ތަރުބިއްޔަތުކުރުން އަމާޒު ހިފާފައި ހުރީ ކޮން ދިމާއަކަށް ކަމާއިމެދު ސުވާލު އުފެދެނީ ފެންނަ މަންޒަރުތަކުންނެވެ. 


އަހަރީ އިނާމު ދިނުމުގެ ޖަލްސާތައްވެސް މިހާރު މިވަނީ ސްކޫލް ކޮންސަރޓަކަށް ބަދަލުވެފައެވެ. ބެރުޖަހައި ލަވަކިޔައި އިސްލާމުން އަޅަން ހުއްދަ ނޫން ގޮތްގޮތަށް ހެދުން އަޅުވައިގެން ނައްޓުވާ ކޮންސަރޓަކަށެވެ. 


މިފަދަ ޚިޔާލުތަކަށް ދެކޮޅު ހަދާނެ ބައަކުވެސް ތިބޭނެއެވެ. އެފަދަ ފަރާތަކުން ހާމަކޮށްދޭންވީ އެންމެ ކަމެކެވެ. ބާލިޣްވެފައި ތިބޭ އަންހެންދަރިންގެ ފައިގެ މަސްގަނޑާއި ފައަކީ އެކުދިންގެ އައުރަ ނޫން ކަމެވެ. އެކަން ކުރެވިއްޖެނަމަ މިހާރު އަމަލުކުރާ ތައުލީމީ ޤައުމީ މަންހަޖުގައި މިދެވެނީ ބަރާބަރު ތަރުބިއްޔަތެވެ. އެކަން ނުކުރެވޭނަމަަ އެ މަންހަޖަކީ ކަމުދާ މަންހަޖެއް ނޫނެވެ. ޔަހޫދީ ގިއުގަނޑެކެވެ.  


 


 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް