ލޯބިވާ މަންމަ

ލޯބިވާ މަންމަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ރާގު: ސިތާރޯން..


ފިލާނުމެދާނެޔޭ ހިތަކުން ވެ ދިން އޯގާ މަގޭ މަންމާ       


       މިލާމޯޅިވެ  ނަފުސުދިޔަޔަސް ހަނދާންނުނެތޭނެޔޭ މަންމާ،


މަހާނުވަ، ދިހަދުވަހު ވޭނާއެކީ ބުރަ އުފުލި ދަތިގޮތްތައް


       އަހާ މިހިތަށް ކުރާ އަސަރެއް ބަޔާން ނުވެވޭނެޔޭ މަންމާ،


އަރާމެއް ނެތި ނިދިން މަހުރޫމުވީ ރޭތައް ހިތަށް އައުމުން


       އަރާފައިބާ ޝުޢޫރު ހިތަށް  ލިޔަން ނުކުޅެދިވަމޭ މަންމާ،


ނުހަނު ލޯބިން އުނދޯލީގައި ރިވެތި ނާނާ ކިޔައިދެއްވައި


       ނުހަނު ލޯތްބާއެކީ  ނިންދެވިދުވަސް ހިތަކުންނުދޭ މަންމާ،


ސުލޫކާ އަދަބުއަޚުލާގާ ލިބުނު ހިޔަލުން ތި ލޮބުވެތި ވީ


       ޢުލޫމާ ދީން އުގަންނައި  ދެއްވެވީތީ  ފަޚުރުވޭ  މަންމާ،


ގަލަމްހިނގިޔަސް ނެތޭ ލާއިގުވިޝުކުރުގެ ބަސްމިތާ ލިޔެވެން  


       ގަލަމްހިނގަމުންދަނީ އެހެނަސް ތިހައްގުގައޭމަގޭ  މަންމާ،


ފުށުން ވެވިފައި ކުށެއް އޮވެދާނެޔޭ އަޅުގަނޑުގެ މާޒީގައި


       ދުށުން އެދިވާނަމޭ ދުވަހެއް މަޢާފު  ލިބޭނެތޯ؟  މަންމާ،


ގަދަރު މި ހިތުން އުފުލި ތިޔަ ލޯބިވާ މަންމާފުޅަށް ވާވަރު


       އަދަދުނުވެވޭ ސަނާޝުކުރާ ކިޔައި ނިމިނެތް މަގޭ މަންމާ،


މަލުން ދާނެއް ހަދާ ވަޑުވާނަމޭ ލޯބިން ރިވެތި ވީހާ


       މަލުން ހާރެއްގަތައި ފިނިފެން އަރިސްކުރަމޭ މިއަދު މަންމާ،


ލެވޭ ހަމަ ކޮންމެ ނޭވާއެއް ހަށީގައި އަރިއަހަށް ތަޢުރީފު


       ފެވޭ ކަރުނުން ދެލޯ ކުރެވޭ ހިތަށް އައުމުން މަގޭ މަންމާ،


ޖަރީކޮށް ރަތުރަނުން ގަތަމުން އެމުނި ލޯބީގެ ވެދުމެއް މީ


       ޖަރީ ކުރި ޅެން ވެދުންކުރަމޭ ތި އަރިހަށް ހަހަރުވެތި މަންމާ،


ހިޔާ ޖަންނަތުގެ ލިބުމަށް އެދި ދެއަތް އުފުލައި ދުޢާ ކުރަމުން


       ނިޔާމަޙުޝަރު ގެބިމުގައި ރަނގަޅުގޮތްވުން އެދިވަމޭ މަންމާ،

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް