ރެއާލްގެ ކޮންޓްރެކްޓް ވަޒްކުއެޒް އާކޮށްފި

ރެއާލްގެ ކޮންޓްރެކްޓް ވަޒްކުއެޒް އާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ އުއްމީދީ ވިންގަރ ލޫކަސް ވަޒްކުއޭޒް 2021 ވަނަ އަހަރުގެ ނިޔަލަށް އެކްލަބަށް ކުޅެން އެއްބަސްވެ އިއްޔެ ކޮންޓްރެކްޓް އާކޮށްފި ކަމަށް ސްޕެއިންގެ މީޑިޔާ ރި÷ޕޯޓުތައް ބުނެފިއެވެ.


މިއަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ގައުމީ ޓީމަށް ކުޅެފައިވާ ވަޒްކުއޭޒް،25، އަކީ ރެއާލް މެޑްރިޑުގެ ޔޫތު އެކަޑަމީން ތަމްރީން ކުރި ކުޅުންތެރިއެކެވެ. ޔޫތު އެކަޑަމީން ތަމްރީންވުމަށްފަހު ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއިން އެސްޕަނިއޯލްއަށް ދޫކުރިއެވެ. އަދި 2015 ވަނަ އަހަރު ރެއާލް އެނބުރި އައިސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ މުހިއްމު ލަނޑުތަކެއް މިދިޔަ ސީޒަނުގައި ވަޒްކުއޭޒް ވަނީ ރެއާލްއަށް ކާމިޔާބު ކޮށްދީފައެވެ.


އާކޮންޓްރެކްޓުގެ ދަށުން ވަޒްކުއޭޒްއަށް ލިބޭނީ ކިހާވަރެއްގެ މުސާރައެއްކަން ރެއާލްއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ސްޕެއިންގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ރެއާލްއިން ވަޒްކުއޭގެ އާކޮންޓްރެކްޓާއި ގުޅޭ މައުލޫމާތު މާދަމާ މީޑިއާއަށް ހާމަކުރާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު