ލިވަޕޫލް އާއި އާސެނަލް ކުއާާޓާފައިނަލުން ޖާގަ ހޯދައިފި

ލިވަޕޫލް އާއި އާސެނަލް ކުއާާޓާފައިނަލުން ޖާގަ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

އިނގިރޭސި ލީގް ކަޕް ކުއާޓާފައިނަލުން އާސެނަލް އާއި ލިވަޕޫލް ޖާގަ ހޯދިއިރު ޓޮޓެންހަމް ހޮސްޕާ ކަޓައިފިއެވެ.


ކުއާާޓާފައިނަލުން އާސެނަލް ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ރެޑިންގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. ކޯޗް އާސެން ވެންގާ މިމެޗަށް ޒުވާން ޓީމެއް ނެރެފައިވާއިރު އާސެނަލްގެ ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ އިންގްލެންޑުގެ ބައިނަލްއަގުވާމީ ވިންގަރ އޮކްްސްލޭޑް ޗެމްބަލައިންއެވެ. މުޅި މެޗުގައިވެސް އާސެނަލްއިން މޮޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ރެޑިންގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.


ކުއާޓާފައިނަލުން ލިވަޕޫލް ޖާގަ ހޯދީ ވަރުގަދަ ޓޮޓެންހަމް ކަޓުވާލުމަށްފަހުއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. ލިވަޕޫލްގެ ދެލަނޑު ޑެނިއަލް ސްޓްރިޖް ކާމިޔާބު ކޮށްދިންއިރު ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ވިސެންޓް ޖެންސެންއެވެ. ސްޓްރިޖް ދެލަނޑު ކާމިޔާބު ކުރީ 9 ވަނަ މިނެޓާއި 64 ވަނަ މިނެޓުގައެވެ. ޖެންސެން ލަނޑު ޖެހީ 76 ވަނަ މިނެޓުގައެވެ.


ލީގް ކަޕުގައި ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު މިސީޒަނުގައި ދެވަނަ ޑިވިޝަނުގައި ވާދަ ކުރަމުން އަންނަ މަޝްހޫރު ނިއުކާސަލް ޔުނައިޓެޑް ވަނީ ފަސޭހަކަމާއެކު ޕްރެސްޓޮން ނޯތު އީސްޓުގެ މައްޗަށް 6-0 އިން ކުރި ހޯދާފައެވެ. ޕެނަލްޓީ ޖަހައިގެން ނޯވިޗުގެ މައްޗަށް ލީޑް ޔުނައިޓެޑުގެ ކުރި ހޯދިއިރު ބްރިސްޓޮލް 2-1 އިން ބަލިކޮށް ހަލްސިޓީވެސް ވަނީ ކުއާޓާފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.


ލީގް ކަޕުގައި މިރޭ 3 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ޕްރިމިއަރ ލީގުގައިވެސް ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ މެޗެވެ. އަނެއް ދެމެޗުގައި ބައްދަލު ކުރާނީ ޗެލްސީ އާއި ވެސްޓްހޭމް އަދި ސައުތެމްޓަން އާއި ސަންޑަލޭންޑެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު