އެއާޕޯޓް ސަރވިސް ޗާޖަށް ދިވެހިން އަތުން ނަގަނީ 12 ޑޮލަރު!

އެއާޕޯޓް ސަރވިސް ޗާޖަށް ދިވެހިން އަތުން ނަގަނީ 12 ޑޮލަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އެއާޕޯޓުގެ ސަރވިސް ޗާޖުގެ ގޮތުގައި ދިވެހިން އަތުން ނަގަމުން ގެންދަނީ 12 ޑޮލަރެވެ. ބިދޭސީން އަތުން ނަގަނީ 25 ޑޮލަރެވެ.

2014 ވަނަ އަމަލުކުރަންފެށި ޤާނޫނުގެދަށުން ބިދޭސީން އަތުން 25 ޑޮލަރު ނަގަން ފެށި ނަމަވެސް ދިެވހިން އަތުން ނަގާ ފީ ބޮޑުކޮށްފައެއް ނުވެއެވެ.

އެއާޕޯޓް ޑިވޮލޮޕްމަންޓް ޗާޖުގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުން ވަނީ ހިމަނައިފައެވެ. އެއީ މިހާރު ސަރވިސް ޗާޖުގެ ގޮތުގައި ނަގާ 25 ޑޮލަރުގެ އިތުރަށް ނަގާފީއެކެވެ.
އެހެންކަމުން މި ފީ ނަަގަން ފާސްކޮށް ޤާނޫނު ބަދަލުކުރުމުން ރާއްޖެއިން ބައިނަލްއަޤްވާމީ ދަތުރުތަކަށް ފުރާ ބިދޭސީންގެ އަތުން 50 ޑޮލަރުގެ ފީއެއް ނެގޭނެއެވެ.

މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި އެއާޕޯޓް ޑިވޮލޮޕްމަންޓް ޗާޖުގެ ގޮތުގައި ނަގާ ފީ ދިވެހިން އަތުން ނެގުމާއިމެދު ސަރުކާރުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

އެއާޕޯޓް ޑިވޮލޮޕްމަންޓް ޗާޖުގެ ގޮތުގައި ބޭރު މީހުން އަތުން 25 ޑޮލަރު ނަގަން ފެށުމަކީ ފަތުރުވެރިންނަށް އެކަމުގެ އަސަރުކޮށްފާނެ ކަމެއްކަން ފާހަގަކުރެވޭއިރު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ވިދާޅުވަނީ މިކަމުން ފަތުރުވެރިކަމަށް ކުރާ އަސަރު އެނގޭނީ ޓެކްސް ނަގަން ފެށުމުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް