ލީގް ޗެމްޕިއަންކަމަށް އާސެނަލް އާއި މެން.ޔުނައިޓެޑަށް ވާދައެއް ނުކުރެވޭނެ – ހަޒާޑް

ލީގް ޗެމްޕިއަންކަމަށް އާސެނަލް އާއި މެން.ޔުނައިޓެޑަށް ވާދައެއް ނުކުރެވޭނެ – ހަޒާޑް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގް ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ނުހިމެނޭކަމަށް ވާދަވެރި ޗެލްސީގެ ނުރައްކާތެރި ފޯވާޑް އެޑިން ހަޒާޑް ބުނެފިއެވެ.

ހަޒާޑް ބުނީ ލީގް ޗެމްޕިއަންކަމަށް މިފަހަރު ވާދަކުރާނެކަމަށް ބެލެވެނީ ޗެލްސީ އާއި މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލް ކަމަށެވެ.

"އަހަރެމެން (ޗެލްސީ) ލީގް ޗެމްޕިއަންކަން ހޯދަން ބޭނުންނަމަ، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލްއަށް ވުރެ ކުރި ހޯދަން ޖެހޭނެ. ލީގު ޗެމްޕިއަންކަން ހޯދުމަށް އަހަރެމެން ވާދަކުރަން ޖެހޭނެކަމަށް ގަބޫލް ކުރެވެނީ މެން.ސިޓީ އަދި އާސެނަލްއާ" ބެލްޖިއަމް ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ހަޒާޑް ބުންޏެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 13 މެޗް ކުޅެފައިވާއިރު ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ 31 ޕޮއިންޓާއެކުއެވެ. އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލް އޮތްއިރު ތިންވަނައިގައި މެން.ސިޓީ އޮތީ ލަނޑުގެ ތަފާތުންނެވެ.

އާސެނަލް 4 ވަނައިގައި އޮތީ 28 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި 24 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު 6 ވަނައިގައި މެން.ޔުނައިޓެޑް އޮތީ 20 ޕޮއިންޓާއެކުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ނާހިދު އަބްދުއްރައްޒާޤް