ޒަކާތް ނުދައްކާނަމަ އިސްލާމްކަން ފުރިހަމައެއް ނުވާނެ: އިސްލާމިކް މިނިސްޓަރ

ޒަކާތް ނުދައްކާނަމަ އިސްލާމްކަން ފުރިހަމައެއް ނުވާނެ: އިސްލާމިކް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ޒަކާތް ދެއްކުމަކީ އިސްލާމް ދީނުގެ މަތިވެރި ރުކުނެއް ކަމަށާއި ޒަކާތް ނުދައްކާނަމަ އެމީހާގެ އިސްލާމްކަން ފުރިހަމަ ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރް ވިދާޅުވެއްޖެއެވެ.

ޑރ. ޒިޔާދު މިމޭރުމުން ވިދާޅުވީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން ބޯން މެރޯ ހެދުމަށް މިއަހަރު ފޮނުވާ 6 ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ޑރ. ޒިޔާދު ވިދާޅުވީ ޒަކާތް ދެއްކުމުން އެ ފައިސާ ބޭނުންކުރެވެނީ މުޖުތަމައުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުކުރުމަށް ކަމަށެވެ. ލޭއަޅާ ބަލީގެ ކުދިންނަށް ބޯން މެރޯ ހަދައިދިނުމަކީވެސް އެއިގެ ތެރެއިން ޚިދުމަތެއް ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ މިހާރު ޒަކާތް ދައްކަނީ ވަރަށް މަދު ބައެއް ކަމަށެވެ. "މިމިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތް ދައްކަނީ ދައްކަންޖެހޭ މީހުންގެ އެންމެ 10 އިންސައްތަ."

ޑރ. ޒިޔާދު ވިދާޅުވީ ޒަކާތް ނެގުމަކީ އިސްލާމް ދީން، ދައުލަތަށް ލާޒިމުކުރާ ކަމަކަށް ވުމުން ޒަކާތް ދެއްކުމަށް އެންމެންވެސް ޒަކާތް ދެއްކުމުގައި ދައުލަތަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޒަކާތް ދެއްކުމަކީ ތިމާގެ އިސްލާމްކަން ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް