އިސްލާމީ ޔުނިވަރސިޓީ (އިޢުލާން)

އިސްލާމީ ޔުނިވަރސިޓީ (އިޢުލާން)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ނަންބަރު:170-AA/I/2016/148

ބުރޫނާއީގެ ސުލްތާންޝަރީފްއިސްލާމިކްޔުނިވަރސިޓީން،ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށްލިބިފައިވާ ސްކޮލަރޝިޕްގެ ފުރުޞަތުތައްތިރީގައި މިވަނީއެވެ.މި ސްކޮލަރޝިޕްތަކުގައި ޓިޔުޝަންފީ، ރެޖިސްޓްރޭޝަންފީ، އޮރިއެންޓޭޝަންފީ، އަދި އެކޮމޮޑޭޝަން ފީ ވަނީ މާފު ކޮށްދެވިފައެވެ.އަދި ބުރޫނާއީއަށް ފުރަތަމަ ދާފަހަރު،ބުރޫނާއީ އެއަރޕޯޓުން ހޮސްޓެލަށް ގެންގޮސް ދިނުމާއި ކޯސް ނިންމާފައި އެނބުރި ޤައުމަށް ދާއިރު އެއަރޕޯރޓަށް ގެންގޮސް ދިނުންހިމެނެއެވެ.

ކޯހުގެ ޢަދަދު: 5
ލެވެލް: ބެޗްލަރސް ޑިގްރީ
ޤައުމު: ބުރޫނާއީ ދާރުއްސަލާމް

ދާއިރާތައް: ބެޗްލަރ އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް/ ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމެންޓް
މުއްދަތު: 4 އަހަރު
ޝަރުތުތައް:
• ޖީ.ސީ އޭ ލެވެލް ދެ ފާސް (ދަށްވެގެން "ޑީ" ގްރޭޑް)
• ޖީ.ސީ. އޯލެވެލްގެ އިގިރޭސިން ދަށްވެގެން [ސީ] ގްރޭޑް، ނުވަތަ IELTSސްކޯރ 6.0 ނުވަތަ TOFEL ސްކޯރ 550 ލިބިފައިވުން
• ޖީ.ސީ އޯލެވެލްގެ ހިސާބުން ދަށްވެގެން [ސީ]ގްރޭޑް ލިބިފައިވުން

ދާއިރާތައް: ބެޗްލަރ އޮފް ލޯސް އެންޑް ބެޗްލަރ އޮފް ޝަރިޢާ ލޯ (ޑަބަލް ޑިގްރީ)
މުއްދަތު: 5 އަހަރު
ޝަރުތުތައް:
• ޖީ.ސީ އޭ ލެވެލް ދެ ފާސް (ދަށްވެގެން "ޑީ" ގްރޭޑް)
• ޖީ.ސީ. އޯލެވެލްގެ އިގިރޭސިން ދަށްވެގެން [ސީ] ގްރޭޑް، ނުވަތަ IELTSސްކޯރ 6.0 ނުވަތަ TOFEL ސްކޯރ 550 ލިބިފައިވުން
• ޖީ.ސީ އޯލެވެލްގެ ހިސާބުން ދަށްވެގެން [ސީ] ގްރޭޑް ލިބިފައިވުން

އެހެނިހެން ޝަރުޠުތައް: ދިވެހި ރައްޔިތެއް ކަމުގައިވުން.
ނޯޓް: ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ޔުނިވަރސިޓީގެ ދާއިމީ އަދި ޕާރޓްޓައިމް މުވައްޒަފުންނަށާއި ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:
• ކޯހަށްއެދިފުރިހަމަކޮށްފައިވާފޯމާއިއެފޯމްގައި ބަޔާންކޮށްފައިވާތަކެތި.
• ތަޢުލީމީސެޓްފިކެޓްތަކުގެކޮޕީއާއިޓްރާންސްކްރިޕްޓްގެކޮޕީގައިއަޞްލާއިއެއްގޮތްކަމަށްބަޔާންކޮށް.
• އެދޭފަރާތުގެވަނަވަރު.

ބޮންޑު:
ކޯސް ފުރިހަމަ ކުރުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ނުވަތަ ގައުމަށް އެއްބަސްވެވޭ މުއްދަތަކަށްޚިދުމަތް ކޮށްދިނުން.

ސްކޮލަރޝިޕްފޯމް ބަލައިގަންނަ އެންމެފަހު ތާރީޚް:
20ޑިސެމްބަރ 2016ވާއަންގާރަދުވަހުގެ14:00 ގެކުރިންޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުރިހާ ޑޮކިއުމަންޓްތަކާއި އެކު ސްކޮލަރޝިޕް ފޯރމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ވާނެއެވެ.

ސްކޮލަރޝިޕަށް އެދޭފޯމްހެނދުނު 8:30 އިންމެންދުރުފަހު 14:00 އަށްޔުނިވަރސިޓީގެކައުންޓަރުންނާއި،ޔުނިވަރސިޓީގެވެބްސައިޓުން http://www.ium.edu.mvލިބެންހުންނާނެވެ. އިތުރުމަޢުލޫމާތު3322718ނަންބަރުފޯނުންލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08ޑިސެމްބަރ2016


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް