ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ (އިޢުލާން)

ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ (އިޢުލާން)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އިޢުލާން ނަންބަރު: IUL)439-CO/439/2016/85)

ދަޑިމަގު ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިމުގެ (މަނާމް ކާޕެންޓްރީ ހިންގާ ތަނުގެ) އެގްރީމަންޓުގެ މުއްދަތު 1 ޖަނަވަރީ 2017 ގެ ނިޔަލަށް ހަމަވާތީ، މި މުއްދަތުން ފަށައިގެން މި ބިން ކުއްޔަށް ދޫކުރުމަށް މި އިދާރާއިން ބޭނުންވެއެވެ.

ވީމާ، މި ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، ދެންނެވިފައިވާ ދުވަހުގެ ފުވައްމުލަކު ދަޑިމަގު ކައުންސިލުގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

މި ބިން ކުއްޔަށް ނެންގެވުމަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް އިވެލުއޭޓް ކުރާނީ، މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީން ދަންނަވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އަދި މަސައްކަތް ހަވާލުކުރެވޭނީ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހާސިލުކުރާ ފަރާތަށެވެ.

1 ބިމުގެ ކުލި 60 ޕޮއިންޓް

2 ޕްރޮޕޯޒަލް 20 ޕޮއިންޓް

3 މާލީ ޤާބިލުކަން 10 ޕޮއިންޓް

4 އިޖުތިމާޢީ ޒިންމާ 10 ޕޮއިންޓް


05 ޑިސެންބަރު 2016

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް